އެޗްޕީއޭގެ ފިޔަވަޅުތަކާ ޚިލާފުވެގެން 913 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވި 913 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން ޖޫރިމަނާ ކުރި 631 މީހުންނާއި މާސްކު ނާޅާ މަގުމަތީގައި އުޅެގެން ޖޫރިމަނާ ކުރި 208 މީހުންނެވެ.
މީގެ އިތުރުން ކެފޭ، ފިހާރަ، ސެލޫން ފަދަ ތަންތަން ހުޅުވައިގެން ހިދުމަތް ދިނުމާ ގުޅިގެން 74 ފަރާތެއް ޖޫރިމަނާ ކުރި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މާސްކު ނާޅާ ބޭރަށް ނުކުންނަ ފަރާތްތަކާއި މާސްކު އެޅުމުގައި އިހުމާލުވާ ފަރާތްތައް 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
އޭގެ އިތުރުން ހަވީރު 4 އިން ހެނދުނު 8 އާ ދެމެދު ހުއްދަނެތި މީހުން ބޭރަށް ނުކުމެ އުޅުން ވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. ހުއްދަނެތި ބޭރަށް ނުކުމެ އުޅޭމީހުންވެސް ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.
ރާއްޖޭގައި މިވަގުތު ކޯވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 24،205 ގައެވެ. މި ބަލީގައި މިހާތަނަށް 161 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު