ކޯވިޑް ބަލި ޖެހިފައިވާ ބަޔަކަށް ފަރުވާދެނީ
ކޯވިޑް ބަލި ޖެހިފައިވާ ބަޔަކަށް ފަރުވާދެނީ
ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި 11 މީހަކަށް ފަރުވާ ދެމުން ގެންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފިއެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑާގުޅިގެން އައިސީޔޫގައި 18 މީހުން އެޑްމިޓް ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 8 މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތް މީހުންނަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ހަ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހުން އޮތީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ޖުމުލަ 138 މީހަކަށް މިވަގުތު ފަރުވާ ދެމުން އަންނަ ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ އެކި ފަންގިފިލާތަކުގައި 22 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް މަބްރޫކް މިއަދު ވިދާޅުވިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 218 މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން