ދަޢުލަތުގެ ރަސްމީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން އުވާލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މާޗު މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ.
މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ދިރާސާކޮށް އެ ބިލު ހުށަހަޅާފައިވާގޮތަށް ވަނީ ފާސްކޮށްފައެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން މެމްބަރު އާޒިމް ވިދާޅުވީ، މި ބިލުގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ ފަރާތުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި ވިޔަފާރި ކުރުމަށް ފަސޭހަކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށްވުމުން ދައުލަތުގެ އެކިއެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އެހެން އާލާތްތަކެއް ތައާރަފް ކުރެވިފައިވުމާއެކު އެ އިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުންދާތީ ސްޓޭމްޕް ޕްރިންޓް ކުރުމަށް ޚަރަދުތަކެއް ހިނގާތީ ކަމަށެވެ. މި ބިލުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަންދާޒާވެސް ބިލުގައި ވަނީ ހިމަނާފައެވެ.
މި މަސައްކަތަކީ ވިޔަފާރިވެރިންނަށާއި އާދައިގެ އެހެނިހެން ކަންތައްތަކުގައި ރާއްޖޭގެ ޚިދުމަތްތަކަށް އެދޭ މީހުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ހުށަހަޅާ ބިލެއް ކަމަށްވެސް މެމްބަރު އާޒިމް ވިދާޅުވިއެވެ.
ބިލު ކޮމެޓީން ފާސްކޮށްފައިވާއިރު ދެން އެބިލު ފޮނުވާނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް މަޖިލީހަށެވެ.

ކިޔުންތެރިންގެ ހިޔާލު