ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ | ރަސް ފޮޓޯ: ޝާހް
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ | ރަސް ފޮޓޯ: ޝާހް
ކޯވިޑްގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 6 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ އައިޖީއެމްއެޗްގެ އީއާރަށް މިއަދު 1:51 ގައި ގެނައި އުމުރުން 89 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވާކަމަށެވެ. އަދި މިއަދު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ނިޔާވެފައިވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މި މަރުތަކާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު ވަނީ 167 އަށް އަރާފައެވެ. އަދި މިއީ މިއަދު ނިޔާވި ފަސް ވަނަ މީހާއާއި، ހަވަނަ މީހާއެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 151 ދިވެހިންނާ 16 ބިދޭސީންނެވެ. މިދިޔަ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. މިއަހަރު މިހާތަނަށް ރާއްޖެއިން ވަނީ 130 މީހުން ނިޔާވެފައެވެ. އަނެއްކޮޅުން މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.



ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުުރުވެފައެވެ. އެއާއެކު ސަރުކާރުން ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް، އަޅާ މާލެ އާއި އެހެން ބައެއް ސަރަޙައްދުތަކުގައި ދަނީ ކާފިއު ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން