ހެޗްޕީއޭގެ ބޮޑު އިހުމާލެއްގެ ސަބަބުން ރޭ ނިޔާވި 10 އަހަރުގެ ކުއްޖާގެ އާއިލާގެ ކިބައިން ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މާފަށް އެދިވަޑައިގެންފިއެވެ.
ރޭ ނިޔާވެފައިވަނީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި މިކުޑަކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްއެޗް އީއާރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 12:10 ގައެވެ.
ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ ކަރަންޓީނުވެގެން ތިބީ ގޭގައެވެ. އެ ކުއްޖާގެ ހާލު ގޯސްވެގެން އާއިލާއިން ރޭ 9 ޖެހިއިރު އެމްބިއުލާންސަށް ގުޅި ނަމަވެސް، އެމްބިއުލާންސަށް އެކުއްޖާ ބަލައި އާދެވުނީ 11:40 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އެއީ އެމްބިއުލާންސް ފޮނުވައި ދިނުމަށް އާއިލާއިން އެދެންފެށިތާ 2 ގަޑިއިރާއި 40 މިނިޓް ފަހެވެ. އެމްބިއުލާންސް އައިއިރު އެކުއްޖާގެ ހާލަތު ވަރަށް ދަށްވެ، ނޭފަތުން ދިޔައީ ލޭ އަންނަމުންނެވެ. ހާލުދެރަވުމުގެ ސަބަބުން އައިޖީއެމްއެޗަށް ގެންގޮސް ލީ ވެންޓިލޭޓަރަށް ކަމަށް މަޢުލޫމާތުލިބެއެވެ.
އެޗްޕީއޭގެ ބޮޑު އިހުމާލެއްގެ ސަބަބުން ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު ދުނިޔެ ދޫކޮށްފައި ވާއިރު، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ޢާއިލާއަށް ގުޅައި، މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މިމައްސަލަ ބަލާނެކަމަށް ނަސީމް ވިދާޅުވިއެވެ.
ރޭ ނިޔާވި ކުޑަކުއްޖާ އަކީ ރާއްޖެއިން ކޯވިޑް-19 ގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ. އަދި މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 170 ވަނަ ފަރާތެވެ.

" We have informed to the medical team. They will be there within a while". But ambulance arrived at 11:40. Meanwhile child has collapsed. No pulse. Who will take the responsibility of it?
— Ahnaf Ibrahim (@AhnafIbrahim4) June 1, 2021
އެޗްޕީއޭގެ ބޮޑު އިހުމާލެއްގެ ސަބަބުން ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު ދުނިޔެ ދޫކޮށްފައި ވާއިރު، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ޢާއިލާއަށް ގުޅައި، މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މިމައްސަލަ ބަލާނެކަމަށް ނަސީމް ވިދާޅުވިއެވެ.
ރޭ ނިޔާވި ކުޑަކުއްޖާ އަކީ ރާއްޖެއިން ކޯވިޑް-19 ގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ. އަދި މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 170 ވަނަ ފަރާތެވެ.
ކިޔުންތެރިންގެ ހިޔާލު