ޑރ. އަޙްމަދު ފައިސަލް
ޑރ. އަޙްމަދު ފައިސަލް
ކޯވިޑްގެ މިރާޅުގައި ކުޑަކުދިން ވަރަށްބޮޑަށް ބަލިވާ ކަމުގެ އިންޒާރު ޑރ. އަޙްމަދު ފައިސަލް ދެއްވައިފި އެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ، އެޗްޕީއޭގެ ބޮޑު އިހުމާލެއްގެ ސަބަބުން އެމްބިއުލާސް އައުން ލަސްވެ 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭ ވަނީ ނިޔާވެފައެވެ.

ގިނަ ޢަދަދެއްގެ ކުޑަކުދިން ބައްޔަށް ޕޮޒިޓިވްވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަށްވަމުން ޑރ. ފައިސަލް ވިދާޅުވީ، މި ފަހަރުގެ ކޮވިޑުގެ ރާޅުގައި ކުޑަކުދިންވެސް ވަރަށް ބަލިވާންފަށައިފި ކަމަށާއި، މިއީ އާވޭރިއަންޓެއްގެ ސަބަބުން ދިމާވާ ކަމެއްކަން ބުނަން އެނގޭނީ ޓެސްޓް ތަކެއް ހެދުމަށް ފަހުގައި ކަމަށެވެ.

"ޚާއްޞަކޮށް؛ ދިފާޢީ ނިޒާމު ދަށް ކުދިން، (ސުޓެރއިޑް ފަދަ ބޭހުން ވިޔަސް ނުވަތަ ކެންސަރު ނޫނީ އުފެދުމުގައި ހުންނަ ކަމަކުން ވިޔަސް) ކިޑްނީބަލި، ބަރުދަން މާމަތި (ކުދިންނާއި) އެދުމަތިވެފައި ތިބޭ ކުދިން މާބޮޑަށް ބަލިވާން ފަށައިފި." ކަމަށް ޑޮކްޓަރު ފައިސަލް ވިދާޅުވިއެވެ.



އެޗްޕީއޭއިން އާންމު ކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން ވަނީ އެއް އަހަރުން ދަށުގެ 381 ކުދިން ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެއިތުރުން ހުސްވި މޭމަހުގެ ތެރޭގައި އާންމުކޮށް ކޮންމެ ދުވަހަކު 80 އަށްވުރެ ގިނަ ކުޑަކުދިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެފައި ވެއެވެ. މީގެއިތުރުން މިދިޔަ މަހަކީ ކޯވިޑް-19 ގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަހެވެ. އެގޮތުން މިދިޔަ މަހު މި ބަލީގައި 88 މީހަކު ވަނީ ނިޔާވެފައެވެ.

އެޗްޕީއޭއިން ވަނީ ކޯވިޑްގެ ބަލިމަޑުކަމުން ތުއްތު ކުދިން ރައްކާތެރިކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން