ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ގދ. ތިނަދޫ އާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެމުން ދިޔަ ދެ މީހަކު ނިޔާވެ، ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 173 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 12:48 ގައި ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މަރުތަކާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު ވަނީ 173 އަށް އަރާފައެވެ.



ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 157 ދިވެހިންނާ 16 ބިދޭސީންނެވެ. މިދިޔަ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. މިއަހަރު މިހާތަނަށް ރާއްޖެއިން ވަނީ 132 މީހުން ނިޔާވެފައެވެ. އަނެއްކޮޅުން މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުުރުވެފައެވެ. އެއާއެކު ސަރުކާރުން ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް، އަޅާ މާލެ އާއި އެހެން ބައެއް ސަރަޙައްދުތަކުގައި ދަނީ ކާފިއު ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން