ހެލްތު މިނިސްޓަރު އަޙްމަދު ނަސީމު
ހެލްތު މިނިސްޓަރު އަޙްމަދު ނަސީމު
އެޗްޕީއޭގެ އިހުމާލުގެ ސަބަބުން އެމްބިއުލާންސް އައުން ލަސްވެގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ނިޔާވި މައްސަލައިގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި މިއަދު އެ ތަހުގީގުގެ ތަފުސީލުތައް ހާމަކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އަދި އޭނާއަށް ރިޕޯޓު ލިބިވަޑައި ނުގަންނަވާ ކަމަށާއި، އެ ރިޕޯޓު ބެއްލެވުމަށްފަހު މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި އެ ރިޕޯޓުގައި ހުރި ތަފުސީލުތައް ހާމަކުރައްވާނެ ކަމަށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށާއި އެތަހުގީގު ކުރިޔަށްދާ ކަމަށެވެ. އަދި މިކަމުގައި އާންމުކުރެވެން ހުރި މައުލޫމާތުތައް އާންމުކުރަމުން ގެންދާނެކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

އެކަމުގައި އިހުމާލުއޮތީ އެޓެންޑު ކުރިމީހުންގެ މައްސަލަ ކަމަށް މިނިސްޓަރ ނަސީމު ވިދާޅުވި ނަމަވެސް އެއީ ކިހާ ހިސާބަކުން އެކަމަށް އެޓެންޑްވި ނުވަތަ އެކަމަށް ޖަވާބުދާރީވެ ހަވާލުވި މީހުންނަކީ ކޮންބައެއް ކަމެއް ކަނޑައެޅިގެން ވިދާޅެއް ނުވެއެވެ. އަދި ތަހުގީގު ނިމުމުން އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަސީމް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ކުޑަކުއްޖާ ނިޔާވި މައްސަލައިގައި މިނިސްޓަރގެ އިހުމާލެެއް އޮތްތޯ ބަލަމުންދާ ކަމަށާއި އިހުމާލެއް އޮވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި މިހާހިސާބަށް އައި އިރުވެސް ކޮވިޑް-19 ރެސްޕޮންސްގައި އޮތީ އެންމެ 5 އެމްބިއުލާންސް ކަމަށް ނަސީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން