ހދ. ކުޅުދުއްފުށި
ހދ. ކުޅުދުއްފުށި
ކޮވިޑް-19 އަށް ހދ. އަތޮޅުން 8 މީހުން ޕޮޒިޓިވްވެ، އެއަތޮޅުގައި ޕޮޒިޓިވްވެފައިތިބި މީހުންގެ ޢަދަދު 97 އަށް އަރައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ، އިއްޔެ އިތުރު 8 މީހަކު އެ އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 2 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެއަތޮޅުގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 97 މީހުން އެބަތިއްބެވެ.

އެ ހޮސްޕިޓަލުން ބުނީ ކުޅުދުއްފުށި ސިޓީން 9 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ހަނިމާދޫން 8 މީހުން ޕޮޒިޓިވްވެފައިވާއިރު، ފިނޭ އިން 5 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ނޭކުރެންދޫން 60 މީހުން، ވައިކަރަދޫން 03 މީހުން އަދި މަކުނުދޫން 12 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހދ އަތޮޅުގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ކޯވިޑް-19 ފެތުރެމުންދާ ރަށްރަށަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ރަށްރަށުގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން