ކޯވިޑް-19 ގައި ރާއްޖެއިން މިއަދު ތިންވަނަ މީހަކު ނިޔާވެ ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 177 އަށް އަރައިފިއެވެ.
މިއަދު މެންދުރުފަހު ނިޔާވެފައި ވަނީ ވިލިމާލޭ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 72 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ރާއްޖެއިން ކޮވިޑްގައި މިއަދު ނިޔާވި ތިން ވަނަ މީހާ އެވެ.
މިއަދު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ މިއަދު ހެނދުނު 11:17 ހާއިރު ބަނޑިދޫން އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކާއި، އައިޖީއެމްއެޗްއަށް ގެންދިޔަ 37 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ.
ރާއްޖެއިން މިހާތަނަށް 177 މީހުން ކޯވިޑް ޖެހިގެން ނިޔާވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 160 ދިވެހިންނާއި 17 ބިދޭސީންނެވެ. މިދިޔަ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. މިއަހަރު މިހާތަނަށް ރާއްޖެއިން ވަނީ 136 މީހުން ނިޔާވެފައެވެ. އަނެއްކޮޅުން މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެއިން ކޯވިޑް ޖެހޭ މިންވަރު އިތުރުވުމާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު މިހާރު ކޮންމެވެސް ވަރަކަށް ބަލިޖެހޭ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން ކުރިން ކޮންމެ ދުވަހަކު ހާހަހަކަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވަމުންދިޔައިރު، މިހާރު އެ އަދަދުތައް އުޅެނީ 700 އެއްހާގައެވެ.

ކިޔުންތެރިންގެ ހިޔާލު