މާލޭގެ ގޭގެއަށް ވީލްޗެއަރގައި ވަދެވޭގޮތަށް ހެދުމުގެ މަސައްކަތް
މާލޭގެ ގޭގެއަށް ވީލްޗެއަރގައި ވަދެވޭގޮތަށް ހެދުމުގެ މަސައްކަތް
މާލޭގެ ގޭގެއަށް ވީލްޗެއަރގައި ވަދެވޭގޮތަށް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވީ، މާލޭގައި ވީލްޗެއަރ އެކްސެސް ބޭނުންވާ ގޭގެއަށް ވީލްޗެއަރގައި ވަދެވޭގޮތަށް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާފައިވާ ކަމަށެވެ. އަދި މި ކަމަކީ މާލޭ ސިޓީއަކީ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ކަމެއް ކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، މިއީ މިހާރުގެ ކައުންސިލްގެ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި، ވީލްޗެއަރ އެކްސެސް ބޭނުންވާ ފަރާތްތަކުން ސިޓީކައުންސިލްގައި އެދުމުން އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.



މާލެ ސިޓީގެ އާ ކައުންސިލު ހުވާކުރިތާ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ލާބައާއި ފަސޭހަ ވާނެ ގިނަ ކަންތައްތަކެއް ތަންފީޒު ކުރަން ނިންމައި ބައެއް ކަންކަން މިހާރު ވަނީ ތަންފީޒު ކުރަންވެސް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން