ފުވައްމުލައް ސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވެ މިވަގުތު އެސިޓީގައި ބަލިޖެހިފައި ތިބީ 199 މީހުންނަށް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.
ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީ އިން އައިސް ފުވައްމުލަކުގައި ހޯމް ކަރަންޓީނު ގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އިއްޔެ އެ ސިޓީން 26 މީހުން ބައްޔަށް ޕޮޒިޓިވްވެ، އެސިޓީން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 564 އަށް އަރައިފައިވާ ކަމަށެވެ. އޭގެ ތެރެއިން 366 މީހުން ރަނގަޅުވެފައި ވާއިރު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އެރަށުގައި ތިބީ 199 މީހުންނެވެ. އެއީ 119 ދިވެހިންނާއި 80 ބިދޭސީންނެވެ.
ފުވައްމުލައް ރީޖަނަލް ކޮވިޑް ފެސިލިޓީގައި އެނދުމަތިކޮށް މިވަގުތު 3 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އެރަށުން މިހާތަނަށް 12902 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބޭ ސާމްޕަލްގެ ޢަދަދަކީ 276 އެވެ.
ފުވައްމުލަކުގެ އަވަށްތަކުގެ ތަފާސް ހިސާބަށް ބަލާއިރު، ދަޑިމަގު އަވަށުން 16 މީހުން، ދިގުވާނޑު އަވަށުން 27 މީހުން، ހޯދަޑު އަވަށުން 33 މީހުން، މާދަޑު އަވަށުން 37 މީހުން، މިސްކިތްމަގު އަވަށުން 35 މީހުން، މާލެގަން އަވަށުން 2 މީހުން، ފުނާޑު އަވަށުން 31 މީހުން އަދި ދޫނޑިގަން އަވަށުން 18 މީހުން މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައި އެބަތިއްބެވެ.
ފުވައްމުލަކުގައި ކޯވިޑް-19 ފެތުރެމުންދާތީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، ފުވައްމުލައް ސިޓީގައި، މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު