ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް
ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް
ރަައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނަށް ދެމުންގެންދާ ސަލާމަތާ ރައްކާތެރިކަން ފޫއަޅުވާލި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ފުލުހުންގެ ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ޙާޒިރުވެވަޑައިގެން މަޢުލޫމާތު ފޯރުކޮށްދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީއަށް ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދުވެސް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ޙާޟިރުވެ މަޢުލޫމާތު ޙިއްސާކޮށްފައެވެ. ކޮމިޝަނަރު ހަމީދު ކޮމެޓީއަށް ހާޒިރުވެވަޑައިގެންފައިވާއިރު ވަކި ވަކި ފުލުހުންވެސް ކޮމިޓީއަށް ހާޒިރުވާނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. އެކޮމިޓީއަށް ފުލުހުންގެ އިސް 5 ބޭފުޅަކު ޙާޒިރުކުރާނެކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުންގެ އިސްވެރިން ޙާޟިރުކޮށް ކުރިއަށް ގެންދާ ކޮމިޓީގެ ބައްދަލުވުންތައްވަނީ ސިއްރު ކޮށްފައެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރަން ބޭނުންވާ ސިފައިންނާއި ފުލުހުންނަށްވެސް އެފުރުސަތު ކޮމެޓީން ވަނީ ހުޅުވާލައިފައެވެ.



މެއި 6 ވަނަ ދުވަހުގެ ހާދިސާއާ ގުޅޭ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިނުވާކަމަށް އެ ހާދިސާއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވެފައިވެއެވެ.

241 ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ އަސްކަރިއްޔާއިންކަން ހާމަކޮށްފައެވެ. ކޮމިޓީން ވަނީ ކޮމިޓީއަށް ހާޒިރުވުމަށް ޗީފް އޮފް ޑިފެންސް ފޯހާއި ވައިސް ޗީފް އޮފް ޑިފެންސްފޯހަށްވެސް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން