ކޮވިޑް-19 އަށް ހދ. އަތޮޅުން 7 މީހުން ޕޮޒިޓިވްވެ، އެއަތޮޅުގައި ޕޮޒިޓިވްވެފައިތިބި މީހުންގެ ޢަދަދު 103 އަށް އަރައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ، އިއްޔެ އިތުރު 7 މީހަކު އެ އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 2 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެއަތޮޅުގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 103 މީހުން އެބަތިއްބެވެ.
އެ ހޮސްޕިޓަލުން ބުނީ ކުޅުދުއްފުށި ސިޓީން 8 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ހަނިމާދޫން 8 މީހުން ޕޮޒިޓިވްވެފައިވާއިރު، ފިނޭ އިން 8 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ނޭކުރެންދޫން 60 މީހުން، ވައިކަރަދޫން 03 މީހުން އަދި މަކުނުދޫން 12 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކުރިނބިންނާއި ނައިވާދޫން އެކަކު ޕޮޒިޓިވް ވެފައިވާއިރު ނޮޅިވަރަމުން 2 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ހދ އަތޮޅުގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ކޯވިޑް-19 ފެތުރެމުންދާ ރަށްރަށަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ރަށްރަށުގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު