އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ރައްޔިތުންގެ މަޖިލީހުން މިހާރު ކަންތައްތައް ނިންމަނީ ހޭވެސް އަހާނުލާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނާއިބު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދޭން މަޖިލީހުން މިއަދު ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ.

އެކަމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާތުގައި ހޭވެސް އަހާލުމެއް ނެތި މަޖިލީހުން ކަންކަން ނިންމަމުންދާތަން ނޫސްތަކުން ފެންނަމުންދާ ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަކީ ކޮބައިކަން އޮޅިއްޖެ ކަމަށް ޝަރީފް ވިދާޅުވިއެވެ.



މަޖިލީހުގެ އިމްތިޔާޒާ ބެހޭ ގާނޫނުގެ ދަށުން ޒަމީލުގެ މައްޗަށް ދައުވާކޮށްދިނުން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަން މަޖިލީހުން މިއަދު ވަނީ ހާމަކޮށްފައެވެ.

ޒަމީލުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް މަޖިލީހުން އެދިފައިވަނީ، ރައީސް ނަޝީދަށް ޙަމަލާދިން މައްސަލައިގެ އިންކުއަރީ ހިންގަމުންދާ މަޖިލީހުގެ 241 ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ސޮއި ކުރައްވާފައިވަނީ ޒަމީލު ކަމަށް ވާތީއެވެ.

މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ޙާޟިރުވެ ޖަވާބުދާރީ ނުވާނެކަން ޑިފެންސް މިނިސްޓްރީން އަންގާފައިވީ ނަމަވެސް ފުލުހުންގެ މުއައްސަސާއިން ނިންމާފައިވަނީ ވަކިވަކި ފުލުހުން ކޮމިޓީއަށް ޙާޟިރުވެ ޖަވާބުދާރީ ވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


18

ޙަސަނާ

08-Jun-2021

އަދިވެސް އެ އާލާތުންނާ އެކުގައި އުޅޭ.



ޓްރެންޑިން