ޑިފެންސް މިނިސްޓްރީގެ ނައިބު ޙަސަން ޒަމީލު
ޑިފެންސް މިނިސްޓްރީގެ ނައިބު ޙަސަން ޒަމީލު
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދޭން މަޖިލީހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

ޒަމީލުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް މަޖިލީހުން އެދިފައިވަނީ، ރައީސް ނަޝީދަށް ޙަމަލާދިން މައްސަލައިގެ އިންކުއަރީ ހިންގަމުންދާ މަޖިލީހުގެ 241 ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ސޮއި ކުރައްވާފައިވަނީ ޒަމީލު ކަމަށް ވާތީއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ހިންގަމުން އަންނަ އިންކުއަރީއަށް ވަކިވަކި ސިފައިން ޙާޟިރު ނުކުރެވޭނެ ކަމަށާއި، މަޖިލީހަށް ޖަވާބުދާރީވާނީ މުޅި ސިފައިންގެ މުއައްސަސާއިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކޮމިޓީން ވަނީ ކޮމިޓީއަށް ހާޒިރުވުމަށް ޗީފް އޮފް ޑިފެންސް ފޯހާއި ވައިސް ޗީފް އޮފް ޑިފެންސްފޯހަށްވެސް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން