އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ކ). އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ވ)
އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ކ). އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ވ)
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަސައްކަތްތަކަށް "ހޭ" އަހަނީ ރިޕޯޓް ނިންމުމަށްފަހު ކަމަށް ވިދާޅުވެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ރައްދު ދެއްވައިފިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާތުގައި ހޭވެސް އަހާލުމެއް ނެތި މަޖިލީހުން ކަންކަން ނިންމަމުންދާތަން ނޫސްތަކުން ފެންނަމުންދާ ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަކީ ކޮބައިކަން އޮޅިއްޖެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޝަރީފަށް ރައްދު ދެއްވަމުން ވައްޑެ މިރޭ ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުން ކުރާ މަސައްކަތްތަކުގައި "ހޭ" އަހަނީ ކޮމިޓީ ރިޕޯޓް ނިމުމުން ކަމަށެވެ. އަދި ޝަރީފް މުޤައްރިރުކަން ކުރަށްވާ ކޮމިޓީތަކުގެ މަސައްކަތްވެސް ކުރިއަށް ދަނީ އެގޮތަށް ނޫންތޯ، ވައްޑެ ސުވާލު ކުރަށްވާފައި ވެއެވެ.



ވައްޑެ އަށް ޖަވާބުދެއްވަމުން ޝަރީފް ވަނީ، އެއްވެސް ކޮމިޓީއަކަށް ނިންމޭނީ އެ ކޮމިޓީއެއްގެ މެންޑޭޓްގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މުޅި މަޖިލީހުން ނިންމަންޖެހޭ ކަންކަން ނިންމޭނީ މަޖިލީހުގައި ވޯޓަށް އަހައިގެން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފަށް ސާފު ނުވެގެން އުޅުއްވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ކަމެއްތޯ ވައްޑޭ އެއްސެވުމުން ޝަރީފް ވަނީ ކޯފާ އިސްކުރަށްވާ ވައްޑެއަށް ރައްދު ދެއްވާފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައަކީ އޭނާއާއި ބެހޭކަމެއް ނޫން ކަމަށާއި، އަދީބާ ޑީލްހެދީ އޭނާ ޖަލުން ސަލާމަތްވާން ނޫން ކަމަށްވެސް ޝަރީފް ވިދާޅުވެފައި ވެއެވެ.

"މަގޭ ބުރަކަށީގެ ބަދައަކަށް ބޭސް ކުރަންދާން ވެގެން މަށެއް ޑީލެއް ނުހަދަން. ޑީލް ހެދި މީހުން ސިޔާސީ ބޭނުމަށް އެހެން މީހުން ބަދުނާމްކުރަން އުޅޭނެކަމެއްނެތް." ޝަރީފް ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށްބުނެ ޑިފެންސް މިނިސްޓްރީގެ ނާއިބު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދޭން މަޖިލީހުން މިއަދު ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ. އެކަމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ، މަޖިލީހުން އަދި އެފަދަ ނިންމުމެއް ފާސްކޮށްފައި ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން