އައްޑޫ ސިޓީ
އައްޑޫ ސިޓީ
ކޯވިޑް-19 އަށް އައްޑޫ ސިޓީން ޕޮޒިޓިވްވީ މިހުންގެ ޢަދަދު 309 އަށް އަރައިފިއެވެ.

އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ، މިއަދު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެންމެ މީހެއް ކަމަށެވެ. އަދި 195 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެސިޓީގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 112 މީހުން އެބަތިއްބެވެ.

އެ ސެންޓަރުން ބުނީ އައްޑޫ ސިޓީ ހިތަދޫން 71 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ފޭދޫން 3 މީހުން ޕޮޒިޓިވްވެފައިވާއިރު، މަރަދޫ ފޭދޫން 02 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ހުޅުދޫން 26 މީހުން، މަރަދޫން 8 މީހުން އަދި މީދޫން އެކަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އަދި އައްޑޫ ސައުތްޕާމް ރިސޯޓުން އެކަކު ވަނީ ފައްސިވެފައެވެ.

އައްޑޫ ސިޓީން މިއަދު ހަވީރު 18:00 ގެ ނިޔަލަށް މުޅި ޖުމްލަ 5097 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދަނީ 3 މީހުންނަށެވެ. އެސިޓީން މިހާތަނަށް 02 މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ސިޓީގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން