ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ބެލްޖިއަމްގެ ޖޮންސަން އެންޑް ޖޮންސަން ކުންފުނިން އުފެއްދި ޖެންސެން ވެކްސިންއާއި ސްޕެއިންގެ މޮޑާނާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަދީފި އެވެ.

މި ދެވެކްސިން ދިރާސާކުރުމަށްފަހު އެއަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފަވަނީ މިއަދުގެ ވަގުތެއްގައި އެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނީ މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށާއި، އުމުރުން 18 (އަށާރަ) އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށެވެ.

ސްޕެއިންގެ މޮޑާނާ ބައޯޓެކް ސްޕެއިން އިން އުފެއްދި މޮޑާނާ ވެކްސިންއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެމަޖެންސީ ޔޫސް ލިސްޓިންގައި މިހާތަނަށް 49 ގައުމެއްގައި އެމްޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިންއެކެވެ. އަދި ބެލްޖިއަމްގެ ޖޯންސަން އަދި ޖޯންސަން ކުންފުނީގެ ޖެންސަން ވެކްސިންއަކީ ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެމަޖެންސީ ޔޫސް ލިސްޓިންގައި މިހާތަނަށް 42 ގައުމެއްގައި އެމްޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިންއެކެވެ.

ދިވެހިރާއްޖޭގައި މި ދެވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުއެވެ.

މި ދެވެކްސިންއާއި އެކު ރާއްޖޭގައި މިހާރު 6 ވެކްސިން އެއް ބޭނުން ކުރުމުގެ ހުއްދަ އެމްއެފްޑީއިން ވަނީ ދީފައި އެވެ. އޭގެ ތެރޭގައި އިންޑިއާގެ ކޮވިޝީލްޑް, ޗައިނާގެ ސިނޯފާމް, ފައިޒާ ވެކްސިން އަދި ރަޝިޔާގެ ސްޕުޓްނިކް ވެކްސިން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން