ރަައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނަށް ދެމުންގެންދާ ސަލާމަތާ ރައްކާތެރިކަން ފޫއަޅުވާލި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޙާޒިރުވެވަޑައިގެން މަޢުލޫމާތު ފޯރުކޮށްދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީއަށް ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދާއި ވަކި ވަކި ފުލުހުންގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި، ދަޢުލަތުގެ އެކި މަޤާމުތަކުގައި ކުރިން ޚިދުމަތްކުރެއްވި ބައެއް ބޭފުޅުންވެސް ވަނީ ހާޟިރުވެ ކޮމިޓީން އޮޅުން ފިލުއްވަން ބޭނުންވި މަޢުލޫމާތުތައް ޙިއްސާ ކުރަށްވާފައެވެ.
މި ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. މި ކޮމިޓީއަށް ޗީފް ޝަމާލްއާއި ވައިސް ޗީފް ޙާޟިރުވެ ވަޑައިގަތީ ވަކިވަކިންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރަން ބޭނުންވާ ސިފައިންނާއި ފުލުހުންނަށްވެސް އެފުރުސަތު ކޮމެޓީން ވަނީ ހުޅުވާލައިފައެވެ.
މެއި 6 ވަނަ ދުވަހުގެ ހާދިސާއާ ގުޅޭ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިނުވާކަމަށް އެ ހާދިސާއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވެފައިވެއެވެ.
241 ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ އަސްކަރިއްޔާއިންކަން ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާ ސުވާލުކުރުން pic.twitter.com/g5N1WojctF
— People's Majlis (@mvpeoplesmajlis) June 6, 2021
މި ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. މި ކޮމިޓީއަށް ޗީފް ޝަމާލްއާއި ވައިސް ޗީފް ޙާޟިރުވެ ވަޑައިގަތީ ވަކިވަކިންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރަން ބޭނުންވާ ސިފައިންނާއި ފުލުހުންނަށްވެސް އެފުރުސަތު ކޮމެޓީން ވަނީ ހުޅުވާލައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަޑައިގަތުން pic.twitter.com/bOLZhCqayE
— People's Majlis (@mvpeoplesmajlis) June 6, 2021
މެއި 6 ވަނަ ދުވަހުގެ ހާދިސާއާ ގުޅޭ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިނުވާކަމަށް އެ ހާދިސާއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވެފައިވެއެވެ.
241 ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ އަސްކަރިއްޔާއިންކަން ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު