ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފިއެވެ.

ތިނަދޫ ކައުންސިލުން މިރޭ ނެރުނު އިއުލާނެއްްގައި ވަނީ ޖޫން 6 ވަނަ ދުވަހުގެ އިޝާ ނަމާދުން ފެށިގެން 13 ޖޫން ގެ އިޝާ ނަމާދުގެ ނިޔަލަށް މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށް ކައުންސިލުން ވަނީ ނިންމާފައިވާ ކަމަށެވެ.

އަދި ކޮންމެ ނަމާދެއްގެ ބަންގީގެ ފަހަތުގައި ގޭގައި ނަމާދުކުރުމަށް އެންގުމުގެ ގޮތުން (صلوا في بيوتكم) ކިޔުމަށް ވަނީ އަންގާފައެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 67 އަށްއަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން