ޕީޕީއެމްގެ ލީޑަރޝިޕް
ޕީޕީއެމްގެ ލީޑަރޝިޕް
ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ނުކުޅެދިފައިވާ ކަމަށާއި އެހެންކަމުން ސަރުކާރުގެ އިސްވެރިން އިސްތިޢުފާ ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑްގައި ދުނިޔެ ދޫކުރަމުންދާ ރައްޔިތުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު އެފަދަ ބައެއް މަރުތަކުގައި ކަމާބެހޭ ފަރާތްތަކުގެ ފަރުވާކުޑަކަމާއި އިހުމާލު ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ދާދިފަހުން ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާއާއި ގއ. ދާންދޫ ވިނަމަތި، މަރްޔަމް އިބްރާހީމްގެ ޙާދިސާ އަކީ އިހުމާލުގެ ސަބަބުން ދިމާވި ޙާދިސާތަކެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

"އަލްމަރްހޫމާ މަރްޔަމް އިބްރާހީމްގެ ހާލު ބޮޑުވެގެން އިމާޖެންސީގައި މާލެ ގެނެވުނު އިރު މަރްޔަމަށް ފަރުވާ ދިނުމަށް ފްލައިޓަށް އެރުވުނު ވެންޓިލޭޓަރުގެ ބެޓަރި ޗާޖު ހުސްވެ ވެންޓިލޭޓަރުގެ މަސައްކަތް ހުއްޓުމާއި ގުޅިގެން މަރްޔަމަށް ފަރުވާ ދެވިފައިވަނީ އަތުން ޕަންޕުކޮށްގެން ކަން އާއިލާއިން ވަނީ ހާމަކޮށްފައި. ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތަށްވެސް ތައްޔާރުވެފައިވާ ސަރުކާރުން އިމާޖެންސީގައި ހާލު ބޮޑު މީހަކު ފްލައިޓަކަށް އަރުވާ އިރު ފަރުވާއަށް ބޭނުންވާ އާލަތްތައް ހަމަކުރެވިފައި ނުވުމަކީ ހިތާމަ ހުރި ކަމެކެމެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ސަރުކާރުގެ ފަރުވާ ކުޑަ ކަމާއި އިހުމާލުގެ އަގު ދިވެހި ރައްޔިތުން ދައްކަން ޖެހެނީ ކިތައް ފުރާނައިންތޯ އާއި މިކަމުގައި ފަރުވާތެރިވެ ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން މަސައްކަތްކުރާކަށް ނުވޭތޯ އެ ބަޔާނުގައި ވަނީ ސުވާލުކޮށްފައެވެ. އަދި ކޮވިޑް ފެތުރުން މަދު ކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި، ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން ގެއްލުން ލިބިފައިވާ ޢާއިލާތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

"އެމްބިއުލާންސް ފޮނުވުން ލަސްވެގެން ކުޑަކުޑަ މިޝްކާ މިދުނިޔެއާއި ވަކިވެގެން ދިޔަތާ މާގިނަ ދުވަހެއް ނުވެ، ގއ. ދާންދޫ ވިނަމަތި، މަރްޔަމް އިބްރާހީމް މިދުނިޔެއާއި އަލްވަދާޢު ކިޔާފައިވާއިރު، މަރްޔަމް އާއި ދޭތެރޭގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ބަލާއިރު ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިޙުމާލު ވަރަށް ބޮޑަށް އޮތްކަން ވަނީ ހާމަވެފައެވެ" އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ، މިމައްސަލަތައް ބަލާ ޒިންމާވާން ޖެހޭ ފަރާތްތަކުގެ މަޢުލޫމާތާއި، ކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ވެސް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން