މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ | ރަސް ފޮޓޯ - ޝާހް
މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ | ރަސް ފޮޓޯ - ޝާހް
މާލޭ ސަރަޙައްދުގެ ކާފިއު އިތުރު ހަފްތާއަކަށް ދަންމާލައިފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ކޯވިޑް-19 އާއި ދެކޮޅަށް އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު އެއްހަފްތާއަށް ދިގުދަންމާލާފައިވާކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ނިއުނޯމަލްއަކަށް ދިޔުމަށްޓަކައި މަދުވެގެން އަދިވެސް 2 ހަފްތާވަރު ބޭނުންވާ ކަމަށެވެ. އެހެން ކަމުން ހުރިހާ ރައްޔިތުންވެސް ފިޔަވަޅުތަކަށް އިޙްތިރާމް ކުރުމަށް ރައީސް ވަނީ އިލްތިމާސް ކޮށްފައެވެ.

މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތަކީ ހަވީރު 4:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އަށެވެ. އަދި އެ ނޫން ވަގުތުތަކުގައި ބޭރުގައި އުޅެވޭނީ އެޗްޕީއޭ އިން ދޫކުރާ ފާހާއި އެކުގައި ކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.

ކާފިއު ނޫން ގަޑިތަކުގައި ގެއިން ބޭރަށް ނުކުންނަށް ދޫކުރާނީ ގެއަކަށް ދެ ފާހެވެ. އަދި އެ ފާސް ދޫކުރާނީ މިދިޔަ އަހަރުގެ ލޮކްޑައުންގައި އަމަލު ކުރި އުސޫލުން ގޭގެ ކަރަންޓު މީޓަރު ނަމްބަރަށެވެ، ކޮންމެ ގެއަކަށް ދެ ފާސް ދޫކުރާއިރު ހެނދުނު 8 އިން މެންދުރު 12 އެއް ފާސް އަދި މެންދުރު 12 އިން ހަވީރު 4 އަކަށް ދެވަަނަ ފާސް ދޫކުރާނެއެވެ. އަދި މާލޭގެ ގެއަކަށް ދޫކުރާ ފާހެއް ހުޅުމާލޭގައި ބޭނުން ނުކުރެވޭނެ ކަަމަށާއި، ގޭބިސީތަކަށް ދޫކުރާ ފާހުގައި ނަން އޮންނަ މީހާ ނޫން މީހަކަށް އެފާސް ބޭނުމެއް ނުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 6 އިން މެންދަމު 12 އަށްކަމަށާއި، ކާފިއު ވަގުތު ޓޭކް އަވޭ ޚިދުމަތް ދިނުމާއި، ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތައް ހުޅުވައިގެން ވިޔަފާރި ކުރާނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން