ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ކޯވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށަށް ދަނީ ރައްޔިތުންގެ އެއްބާރުލުން ލިބޭތީ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، މިހާރު މުޅި ރާއްޖޭގައިވެސް ޕޮޒިޓިވްވާ މިންވަރު މަދުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

"މިހާރު އަޅާފަވާ ފިޔަވަޅުތައް ދެ ހަފްތާ ނިމުމުން ރިސްޓްރިކްޝަންއާއިއެކު އިތުރު 1 ހަފްތާއަށް އިތުރު ކުރާނަން. އެޔަށްފަހު ބެލުމަށްފަހު އެއްވެސް ލުޔެއް ދެވެން އޮތް ކަމަށް ވަންޏާ އެ ލުޔެއް ދިނުމަށްފަހު އިތުރު އެއް ހަފްތާއަށް އިތުރު ކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު މަދުވާން ފަށާފައިވާ ކަމަށާއި އެ އަދަދު މަދުވުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ރައީސް ޞާލިޙް ވަނީ ޝުކުރު އަދާކޮށްފަ އެވެެ. ރައީސް ވިދާޅުވީ، ޖުލައި 26 އާއި ބޮޑު އީދާ ދިމާކޮށް ގާތްގަނޑަކަށް 14 ވަރަކަށް ދުވަހުގެ ބަންދެއް ލިބޭ ކަމަށާއި، މި ދުވަސްވަރު ބޮޑަށް ރަނގަޅީ، ހުރިހާ ބޭފުޅުން ވެސް ގޭގައި މަޑުކޮށްލަ ދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ، ފިޔަވަޅުތައް ހަރުކަށި ކުރުމުގައިވެސް އަދި ދޫ ދިނުމުގައިވެސް ސަރުކާރުން ބަލާނީ ޢާއްމުންނަށް މުޅިން ދަތިނުވާ ގޮތަށް ފިޔަވަޅުތައް އެޅުއްވުމަށްކަމަށެވެ. އަދި ދެހަފްތާއަށް ބެލުމަށްފަހު ލުއި ދިނުމަށް ވިސްނަވާ ކަމުގެ އިޝާރާތެއްވެސް ރައީސް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން