ސްޓޫޑަންޓް ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ސްޓޫޑެންޓް ލޯން ދެއްކުން ފަސްކޮށް ދިނުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި މިއަަހަރުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ފަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮވިޑާއި ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ ފެން ބިލުން 30 އިންސައްތަ ޑިސްކައުންޓެއް ގޭބީސީތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިޔަފާރި ކުރާ ތަންތަނުގެ ފެން ބިލުން 20 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކަރަންޓް ބިލްތަކުން 40 އިންސައްތަ ޑިސްކައުންޓެއް ގޭބީސީތަކަށް ލިބިގެންދާނެ ކަމަށާއި، އަދި ވިޔަފާރި ތަކަށް 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ. އެދުވަހު އެމަނިކުފާނު ވިދާޅުވީ މި ޑިސްކައުންޓް ދޭން އަދި ނިންމާފައިވަނީ މެއި މަހުގެ ބިލުން އެކަނި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު