ތިލަމާލެ ބްރިޖް އެޅުމަށް މިމަސް ނިމުމުގެ ކުރިން ކުންފުންޏަކާ ޙަވާލުކުރެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ތިލަމާލެ ބްރިޖް އެޅުމަށް މިމަސް ނިމުމުގެ ކުރިން ކުންފުންޏަކާ ޙަވާލުކުރެވޭނެ ކަމަށެވެ.
ރައީސް މިއަދު ވިދާޅުވީ މިހާރު ކުރިޔަށްދަނީ ބިޑުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި، އުންމީދަކީ ވީހާއަވަހަކަށް އެމަސައްކަތްތައް ނިންމާ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުން ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢު، ތިލަމާލެ ބްރިޖް އެޅުމުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ 400 މިލިއަން ޑޮލަރުގެ އެހީ ހަމަޖައްސައިދީފައެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަސް ފަހުން ކަމަށާއި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭއެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭ ތަކުގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިން އަކަށް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރުގައި ފެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މި މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އެމް/އެސް އަރޫޕް ލިމިޓެޑް ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރުންނެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އަދި މި މަޝްރޫއަށް އިންޑިއާގެ އެހީ ފޯރުކޮށްދޭނެކަން އިއުލާނު ކޮށްފައިވަނީ މިއަހަރުގެ އޮގަސްޓްމަހު އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ވާޗުއަލް ބައްދަލުވުމުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު