ހޯރަފުށީ އެއަރޕޯޓުގެ މަރާމާތުގެ މަސައްކަތް ކުރިޔަށްދަނީ
ހޯރަފުށީ އެއަރޕޯޓުގެ މަރާމާތުގެ މަސައްކަތް ކުރިޔަށްދަނީ
ހއ. ހޯރަފުށީ އެއާޕޯޓު މަރާމާތު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑު ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.


މިދިޔަމަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ހއ. އަތޮޅަށްވެސް ވަނީ ވަރަށް ބޮޑަށް ވިއްސާރަވެ، މޫސުން ގޯސްވެފައެވެ. އެގޮތުން ހޯރަފުށްޓަށްވެސް ވާރޭވެހުމުގެ އިތުރުން އުދަވެސް އަރާފައިވެއެވެ. އެމްޓީސީސީން މިއަދު ބުނީ އެއަރޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް މި މަހުގެ 8 ވަނަ ދުވަހު އެއްކޮށް ނިންމާލާފައިވާކަމަށްށެވެ.

ހޯރަފުށްޓަށް ކުރި ވިއްސާރައިގައި އެއަރޕޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެއަރޕޯޓް ޓަރމިނަލްގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ފެން ވަނުމުގެ އިތުރުން، އުދަ އެރުމުގެ ސަބަބުން މުޅި ރަންވޭ އޮތީ ދޮންވެލި ގޮނޑު ދޮށަކަށް ބަދަލުވެފަވެ.

ހޯރަފުށީ އެއަރޕޯޓަކީ 1.2 ކިލޯ މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާއި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭ އަކާއެކު ތަރައްޤީ ކޮށްފައިވާ އެއަރޕޯޓެކެވެ. އޭގެ އިތުރުން 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ޖަހައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު


0

ޙަބީބު.

13-Jun-2021

ދެންވެސް ޔާމިނު ކުޅުދުއްފުށި އެއާޕޯޓު ހެދީމަ އެތާތިބި ރައްޔިތުންނައް ޖެއްސުން ނުކޮއް އެތަނައްވެސް ބޭނުންވާ އިތުރު ތަރައްގީ ގެނެސްބަލަ ލައިޓު ހަރުކޮއްޓަވަރު ގާއިމުކޮއް ހަސަދަޔާ ހެދި ވާހާކަންތައްތީ އަވަސްއަރުވާލާފަ ރިކޯޑު ހެދިފަ ތިއޮތީ