ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް
ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެގެން، މެޑަމް ނަސްރީނާ އިއްޔެގެ ވަގުތެއްގައި ވަނީ ކޮވިޑް ޓެސްޓު ހައްދަވާފައެވެ. އަދި މިރޭ އެކަމަނާގެ ނަތީޖާ ލިބުނުއިރު ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ޢުމުރުފުޅުން 71 އަހަރުގެ މެޑަމް ނަސްރީނާ އަކީ ހައިރިސްކް ކެޓަގަރީގެ ބޭކަނބަލެކެވެ. އެކަމަނާ މިވަގުތު ހުންނެވީ ގޭގައެވެ. އެކަމަނާ ވަނީ ކޯވިޑްގެ ވެކްސިން ފުރިހަމަ ކުރަށްވާފައެވެ.

މީގެ ކުރިން ރައީސް މައުމޫން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން