ދެ ފާރު ދޭތެރެއަށް ތާށިވި 4 އަހަރުގެ ކުޑަ ކުއްޖާ
ދެ ފާރު ދޭތެރެއަށް ތާށިވި 4 އަހަރުގެ ކުޑަ ކުއްޖާ
ށ. ނަރުދޫގައި ދެ ފާރު ދޭތެރޭގައި ތާށިވި 4 އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތް ކޮށްފިއެވެ.

މަަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ތާށިވީ، ކުޅެން އުޅުމުގެ ތެރޭގައި އެކުއްޖާ އުޅޭ ގެއާއި އެ ގޭގެ ވަށާ ފާރާ ދެމެދުގައި އޮތް ހަނި ދޭތެރެއަކަށް ވަދެވިގެންނެވެ. ކުޑަ ކުއްޖާ ސަލާމަތް ކޮށްފައިވަނީ ގޭގެ ވަށާފާރު ތަޅައިލައިގެންނެވެ.

ފާރު ތަޅާލައިގެން ކުއްޖާ ސަލާމަތް ކޮށްފައިވާއިރު އެ ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އަދިވެސް ގޭގޭގެ އިންފާރު ރާނާފައި ހުންނަ އިރު މިފަދަ ވަރަށް ހަނި ދޭތެރެތައް ހުންނަކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން