މާލޭ ސިޓީގެ މޭޔަރ މުޙައްމަދު މުޢިއްޒު
މާލޭ ސިޓީގެ މޭޔަރ މުޙައްމަދު މުޢިއްޒު
އައްޑޫ ސިޓީ ކައުންސިލްގެ އެމްޑީޕީ ކައުންސިލަރެއްގެ ވޯޓު ޕީޕީއެމްގެ ޑރ. މުޢިއްޒަށް ލިބިވަޑައިގެންފައިވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެލްޖީއޭ ބޯޑުގައި ސިޓީ ކައުންސިލްތައް ތަމްސީލްކުރާ މެމްބަރަކަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް އިންތިހާބުވީ މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒާ ވާދަކޮށްގެން، 3 ވޯޓުން ކުރި ހޯއްދަވައިގެނެވެ. އިންތިހާބުގައި ރަފީގަށް ލިބިވަޑައިގަތީ 24 ވޯޓެވެ. އަދި މުއިއްޒަށް ލިބިވަޑައިގަތީ 21 ވޯޓެވެ.

ވޯޓުގެ ނަތީޖާއަށް ފަހު ޑރ. މުޢިއްޒު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލްގެ 13 ކައުންސިލަރުންގެ ތެރެއިން ޕީޕީއެމަށް ނިސްބަތް ވަނީ 3 ކައުންސިލަރުން ކަމަށެވެ. ނަމަވެސް 7 ކައުންސިލަރުންގެ ވޯޓު ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.



އައްޑޫ ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 3 ކައުންސިލަރުންނާއި، އަމިއްލަ 3 ކައުންސިލަރުންގެ އިތުރުން އެމްޑީޕީގެ 7 ކައުންސިލަރުންނެވެ. އެހެންކަމުން މުޢިއްޒު ވަނީ އެމްޑީޕީގެ ކައުންސިލަރެއްގެ ވޯޓުވެސް ކަށަވަރު ކުރައްވާފައެވެ.

މިއަދު ބޭއްވި އެލްޖީއޭގެ އިންތިޚާބުގައި ރަށު ކައުންސިލްތައް ތަމްސީލް ކުރަށްވާ ކައުންސިލަރަކަށް އިންތިޚާބުވީ ޕީޕީއެމްގެ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ޙުސެއިން ޔާމީނެވެ. އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލްތައް ތަމްސީލްކުރާ މެންބަރަކަށް އިންތިހާބުވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤެވެ. އަތޮޅު ކައުންސިލްގެ ރައީސް ތަމްސީލްކުރާ މަގާމަށް އިތުރު ބޭފުޅަކު ވާދަނުކުރުމުން ޕީޕީއެމްގެ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވަނީ އެމަގާމަށް ހޮވިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން ދެން އެލްޖީއޭގެ ބޯޑުގައި ހިމެނޭނީ، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން