ރައްޔިތުން މިހާރު އިންތިޒާރު ކުރަމުންދަނީ ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވޯޓު ޕީޕީއެމަށް ލިބުނުކަން ފާހަގަކުރަށްވައި އާދަމް ޝަރީފް ވިދާޅުވީ، މި ވޯޓުން ވަރަށް ގިނަ ވާހަކަތައް ބުނެދޭ ކަމަށެވެ. އެގޮތުން މި ނަތީޖާއިން ދައްކައިދެނީ ރައްޔިތުންގެ އުއްމީދުތައް ޕީޕީއެމާއި ގުޅިފައިވާ މިންވަރު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ހަމައެއާއެކު މިވޯޓުގެ ނަތީޖާއިން ދައްކައިދެނީ ރާއްޖޭގެ ސިޔާސީ މަސްރަޙް ބަދަލުވަމުންދާ ގޮތް ކަމަށާއި، ރައްޔިތުން ރައީސް ޔާމީނަށް އިންތިޒާރުކުރާ މިންވަރު މިއިންތިހާބުން ފެނިގެންދާ ކަމަށްވެސް ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.
"މިއީ ރައީސް ޔާމީނަށް ރައްޔިތުން އިންތިޒާރު ކުރަމުންދާ މިންވަރު. މިހާރު ފެންނަމުންދަނީ އަދި މާ އުންމީދީ މަނާޒިރުތަކެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވޯޓު މިއަދު ޕީޕީއެމަށް ލިބިފައިވާއިރު އައްޑޫ ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 3 ކައުންސިލަރުންނާއި، އަމިއްލަ 3 ކައުންސިލަރުންގެ އިތުރުން އެމްޑީޕީގެ 7 ކައުންސިލަރުންނެވެ. މިނަތީޖާއިން ދައްކާގޮތުން މުޢިއްޒު ވަނީ އެމްޑީޕީގެ ކައުންސިލަރެއްގެ ވޯޓުވެސް ކަށަވަރު ކުރައްވާފައެވެ.
މިއަދު ލޯކަން ގަވަރުމެންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލްތައް ތަމްސީލް ކުރަށްވާ ކައުންސިލަރަކަށް އިންތިޚާބުވީ ޕީޕީއެމްގެ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ޙުސެއިން ޔާމީނެވެ. އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލްތައް ތަމްސީލްކުރާ މެންބަރަކަށް އިންތިހާބުވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤެވެ. އަތޮޅު ކައުންސިލްގެ ރައީސް ތަމްސީލްކުރާ މަގާމަށް އިތުރު ބޭފުޅަކު ވާދަނުކުރުމުން ޕީޕީއެމްގެ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވަނީ އެމަގާމަށް ހޮވިވަޑައިގެންފައެވެ.

Addu City in @MMuizzu ah libunu voteun bunedhenee Addu City ge rayyithunge ummeedhu thakaai PPM aai gulhifaivaa minvaru, Raajjeyge siyaasee mashrahu badhaluvamundhaa goiy, RY ah rayyithun inthizaaru kuramundhaa minvaru. Mihaaru fennamundhanee adhi maa ummeedhee manaaziruthakeh. https://t.co/blHDlnc5kJ
— Adam Shareef Umar (@Adamshareefz) June 12, 2021
އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވޯޓު މިއަދު ޕީޕީއެމަށް ލިބިފައިވާއިރު އައްޑޫ ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 3 ކައުންސިލަރުންނާއި، އަމިއްލަ 3 ކައުންސިލަރުންގެ އިތުރުން އެމްޑީޕީގެ 7 ކައުންސިލަރުންނެވެ. މިނަތީޖާއިން ދައްކާގޮތުން މުޢިއްޒު ވަނީ އެމްޑީޕީގެ ކައުންސިލަރެއްގެ ވޯޓުވެސް ކަށަވަރު ކުރައްވާފައެވެ.
މިއަދު ލޯކަން ގަވަރުމެންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލްތައް ތަމްސީލް ކުރަށްވާ ކައުންސިލަރަކަށް އިންތިޚާބުވީ ޕީޕީއެމްގެ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ޙުސެއިން ޔާމީނެވެ. އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލްތައް ތަމްސީލްކުރާ މެންބަރަކަށް އިންތިހާބުވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤެވެ. އަތޮޅު ކައުންސިލްގެ ރައީސް ތަމްސީލްކުރާ މަގާމަށް އިތުރު ބޭފުޅަކު ވާދަނުކުރުމުން ޕީޕީއެމްގެ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވަނީ އެމަގާމަށް ހޮވިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު