ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް
އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުމަށް މެދުވެރިވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ ސުލޫކީ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބޭރުކޮށްލީ ރަނގަޅަށް ކަމަށް އެކޮމިޓީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވީ އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެެވެ. އެއީ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ޒަމީލް ސޮއިކުރައްވައި ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ.

މަޖިލީހުން މިއަދު ބުނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންކުއަރީއެއް މަޖިލީހުން މިހާރުވެސް ކުރިއަށް ގެންދާކަމަށާއި، އިންކުއަރީއަށް ސަލާމަތީ ޚިދުމަތްތަކުގެ އެކި ފަރާތްތައް ޙާޟިރު ކުރަމުންދާކަމަށެވެ. އެހެންކަމުން ސިޔާސީ ބޭފުޅަކު ލިޔުމެއްގައި ސޮއި ކުރަށްވާފައި ފޮނުއްވުމަކީ އެ ފަރާތެއްގެ ސުލޫކީ މައްސަލައެއް ބެލިދާނެ ކަމެއް ނޫން ކަމަށް ކޮމިޓީގެ ބަޔާނުގައިވެއެވެ.

އެފަދަ މައްސައެއް ބެލުމަކީ ވަަރަށް ގިނަ ގާނޫނީ މައްސަލަތަކެއް ނިކުންނާނެ ކަމެއް ކަމަށާއި، އެހެންކަމުން ޒަމީލުގެ މައްސަލަ އިމްތިޔާޒު ކޮމިޓީން ބެލޭނެ ކަމަށް ނުފެންނަ ކަމަށް ކޮމެޓީގެ ސިއްރު ބައްދަލުވުމެއްގައި މެމްބަރުން ތާއިދުކުރައްވައި މައްސަލަ ނިންމެވީ ކަމަށްވެސް އިމްތިޔާޒް ކޮމިޓީގެ ބަޔާނުގައި ވެއެވެ.

ސިއްރު ކޮމެޓީތަކުގެ މަޢުލޫމާތު ލީކުވުމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އޮންލައިންކޮށް ކުރިއަށް ގެންދާ ބައްދަލުވުމެއްވެސް ސިއްރުކުރަން ޖެހޭ ހާލަތެއްގައި ބައްދަލުވުން މެދު ކަނޑާލައިފައި މަޖިލީހުގެ އިދާރާގައި ބައްދަލުވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް ކޮމެޓީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން