ކޯވިޑް ފެސިލިޓީ އެއް
ކޯވިޑް ފެސިލިޓީ އެއް
ކޯވިޑް-19 ގައި ހާލު ދެރަވެ ވެންޓިލޭޓަރަށް ލީ އުމުރުން ހަތް އަހަރުގެ ކުއްޖާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މިއަދު ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ފައިސަލް ވިދާޅުވީ ވެންޓިލޭޓަރަށް ލީ 7 އަހަރުގެ ކުއްޖާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ވެންޓިލޭޓަރުން މިހާރު ނަގާފައިވާ ކަމަށެވެ. ތ. އަތޮޅަށް ނިސްބަތްވާ އެ ކުއްޖާއަކީ ކިޑްނީގެ ބައްޔަށް ބޭސްކުރާ ކުއްޖެއް ކަމަށް ވެއެވެ.

މިދިޔަ މަހަކީ ރާއްޖޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވީ މަހެކެވެ. އެޗްޕީއޭއިން އާންމު ކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން ވަނީ އެއް އަހަރުން ދަށުގެ 381 ކުދިން ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މިދިޔަ މަހަކީ ކޯވިޑް-19 ގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަހެވެ. އެގޮތުން މިދިޔަ މަހު މި ބަލީގައި 88 މީހަކު ވަނީ ނިޔާވެފައެވެ.

އެޗްޕީއޭއިން ވަނީ ކޯވިޑްގެ ބަލިމަޑުކަމުން ތުއްތު ކުދިން ރައްކާތެރިވުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައެވެ. މިދިޔަ މޭ މަހު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 34،561 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން