ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް
ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް
ކ. ގިރިފުށީ ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން 314 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގައި 18.35 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 145 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިކް އޮފިސަރު އާދަމް އާޒިމް އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ ސާވިސް ކޯގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން