ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ރާއްޖެއިން 27 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު އިރުއޮއްސި 6:00 ހާއިރުއެވެ.

އެޗްޕީއޭއިން މިއަދު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޯވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 55 އަހަރުގެ އަންހެނެއްވެސް ކޯވިޑް-19 ގައި ނިޔާވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ފަހުން ނިންމާފައިވަނީ އެމީހާ ނިޔާވެފައިވަނީ ކޯވިޑްގައި ނޫން ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 198 އަށް އަރާފައިވާއިރު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 181 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖޭގައި މިދިޔަމަހު ކޯވިޑްގެ ނުރައްކާ ބޮޑުވުމުން ފިޔަވަޅުތައް ހަރުކަށި ކުރުމުން އަނެއްކާވެސް ވަނީ ކޯވިޑް ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދުތައް ދަށަށް ދާން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން