ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ސަރުކާރުން ޢިމާރާތްކުރާ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ މަސައްކަތް ފަށްޓަވައި ދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މި މަޝްރޫއުގެ ދަށުން ކައުންސިލް ހައުސިންގެ 120 ޔުނިޓާއި އެފޯޑަބުލް ހައުސިން ޔުނިޓްގެ 220 އަދި މިޑް ރޭންޖު ހައުސިންގެ 660 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 2020ވަނަ އަހަރުގެ ނޮވެމްބަރު 20ވަނަ ދުވަހު އެޗްޑީސީއާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވުނު މަޝްރޫއެކެވެ. މިއީ ދިވެހި އަމިއްލަ ކުންފުންޏަކުން މިހާތަނަށް ހިންގާ އުމުރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ.

ކިޔުންތެރިންގެ ހިޔާލު