މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ހިޔާމަޝްރޫޢުގެ ނަމުގައި ރައީސް ޔާމިންގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހިމެނޭ އެއްކޮޓަރީގެ ފްލެޓްތައް ނުލިބުނު މީހުންނަށް މިސަރުކާރުން ގޮތެއް ހޯދައިދޭން ޖެހޭނެކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ގެނައި ބަދަލަކާ އެކު އެއް ކޮޓަރީގެ ފްލެޓްތައް އުނި ކުރި ނަމަވެސް އެމީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އިތުރު ގޮތެއް ސަރުކާރުން ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި އޭރުގެ ސަރުކާރުން ނިންމާފައިވަނީ އަލަތު ކައިވެނީގެ ކެޓަގަރީން ކުރިމަތިލި ހުރިހާ އެންމެންނަށް ފްލެޓް ހައްގުވާ ކަމަށް ކަނޑައަޅައި ދާއިމީ ލިސްޓް ނެރުމަށް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުން އެއްކޮޓަރީގެ ފްލެޓްތަކަކީ އަލަތު ކައިވެނި ކުރި ޒުވާނުންނާއި 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި މާލޭގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަނޑައެޅި ފްލެޓްތަކެކެވެ. އެ ފްލެޓްތައް ނުދޭން ނިންމައި އެ ކެޓެގަރީތައް ވަނީ އުވާލާފައެވެ.

މިކެޓަގަރީ ތަކުގެ ފްލެޓްތައް ނުދޭން ސަރުކާރުން ނިންމާފައިވާއިރު ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ފުލެޓު ކޮމިޓީއިން މި ތިން ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައިވާ ކަމަށް މިކަމާ ގުޅިގެން މީސްމީޑިއާގައި ޝަކުވާ ކުރަމުންދާ މީހުން ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ކުރީ ސަރުކާރުން ހިޔާ މަޝްރޫޢަށް އެއްކޮޓަރީގެ ފްލެޓްތަކެއް ކަނޑައެޅީ އެމަޝްރޫޢުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން އަޅާ ފްލެޓް ތަކުގައި އެބައި ހިމަނާ ގޮތަށެވެ. އެގޮތުން ކުރިން ނިންމާފައި އޮތީ ކުންފުނިތަކުން އިމާރާތް ކުރާ ހައުސިންގ ޔުނިޓްތަކުގައި ހަދާ އެއްކޮޓަރީގެ ފްލެޓްތައް ސަރުކާރަށް ގަނެ އެކެޓަގަރީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން