ދަޢުލަތުގެ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު
ދަޢުލަތުގެ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު
ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރަށް 19 ބިލެއް ހުށައެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 19 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ފަސް ބިލެއްވެސް މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން ނިންމާފައިވެއެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ނަގައިދިނުމުގެ ބިލާއި، ހެއްކާބެހޭ ބިލު ފާހަގަކޮށްލެވެއެވެ.



މަޖިލީހުގެ ޤަވާއިދު އޮންނަގޮތުން ސަރުކާރުން މަޖިލީހަށް ހުށައަޅާ ބިލް ހުށައަޅާނީ ސަރުކާރު ނިސްބަތްވާ ޕާޓީގެ މެމްބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން