ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށްހަދާ އިސްލާޙަށް ޢާއްމުންގެ ޚިޔާލު ހުށައަޅަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހެދުމަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާޙާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު މި ބިލް މިހާރު އޮތްގޮތަށް ފާސްކުރުމާ ދެކޮޅަށް ދީނީ ޖަމުޢިއްޔާ ތަކާއި، ކައުންސިލްތަކާއި، ސިޔާސީ ޕާޓީތަކުން ވަނީ ތެދުވެފައެވެ.

ރޭ މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިލާ ގުޅޭގޮތުން ޚިޔާލެއް ނުވަތަ އިސްލާހެއް އޮތްނަމަ އަންނަ އަންގާރަ ދުވަހުގެ މެންދުރު 12ގެ ކުރިން މަޖިލީހަށް ލިޔުމުން ހުށަހެޅުމަށެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން މަޖިލީހަށް ހުށައެޅުއްވި ބިލުގައި ވަނީ، އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށްއުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

ބިލްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުންނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން