ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 206 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 206 އަށް އަރާފައިވާއިރު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 188 ދިވެހިންނާއި 18 ބިދޭސީންނެވެ. މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި މިދިޔަމަހު ކޯވިޑްގެ ނުރައްކާ ބޮޑުވުމުން ފިޔަވަޅުތައް ހަރުކަށި ކުރުމުން އަނެއްކާވެސް ވަނީ ކޯވިޑް ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދުތައް ދަށަށް ދާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު