މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ (މ)
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ (މ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ، 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ޙާޒިރުކޮށްފިއެވެ.

މަޖިލީހުގެ އިންކުއަރީއަށް މިނިސްޓަރ މާރިޔާ ޙާޟިރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. 241 ކޮމިޓީން މިވަގުތު ދަނީ އެކަމަނާގެ އަރިހުން ސާފުކުރަން ބޭނުންވާ މަޢުލޫމާތުތައް އޮޅުންފިލުވަމުންނެވެ.

241 ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ކުރިން ބުނެފައި ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ އަސްކަރިއްޔާއިންކަމަށެވެ. އެމައްސަލާގައި މަޖިލީހާއި ދިފާޢީ ވުޒާރާ އާއި ދެމެދު ނުތަނަވަސްކަމެއް އުފެދުނު ނަމަވެސް މިހާރު ވަކިވަކި ސިފައިން ގެންދަނީ ކޮމިޓީއަށް ޙާޟިރުވެ މަޢުލޫމާތު ހިއްސާކުރަމުންނެވެ.



ކޮމެޓީގެ އިންކުއަރީގައި އިއްޔެ ވަނީ، ސިފައިންގެ އިސްވެރިންނާއި ދެވަނަފަހަރަށް ސުވާލު ކޮށްފައެވެ. އަދި ހޮނިހިރު ދުވަހު ކޮމެޓީގެ މެންބަރުން ވަނީ ބަންޑާރަ ކޮއްޓަށްވެސް ވަޑައިގެން އިންކުއަރީއަށް ބޭނުންވާ މައުލޫމާތު އެއްކުރައްވާފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް މިހާތަނަށް ގިނަ ފަރާތްތަކެއް ވަނީ ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މިނިސްޓަރުންނާއި، ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އޮފިސަރުންނާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

241 ކޮމިޓީން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށާ، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކޮށް ސުވާލު ކުރަމުން ގެންދާނެކަން ބުނެފައެވެ. އަދި 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބައެއްބޭފުޅުން ވަނީ ސަރުކާރުން މި އިންކުއަރީއަށް ހުރަސް އަޅަމުން ގެންދާކަމަށް ތުހުމަތުކޮށްފައެވެ. އަދި މިކަމުގައި ސީދާ ރައީސް ޞާލިހަށްވެސް އިނގިލި ދިއްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން