މާލޭސިޓީގެ މޭޔަރ މުޙައްމަދު މުޢިއްޒު އާއި، ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް
މާލޭސިޓީގެ މޭޔަރ މުޙައްމަދު މުޢިއްޒު އާއި، ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު މެދުދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އިންތިޚާބު ކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް މާލޭގެ ޑެޕިއުޓީ މޭޔަރު މިއަދު ހޮވާފައި ވަނީ ކައުންސިލް މެމްބަރުންގެ ސިއްރު ވޯޓުންނެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިޚާބުކުރަން މާލެ ސިޓީގެ ކައުންސިލަރުންގެ މެދުގައި ބޭއްވި އިންތިހާބު ނަރީޝް ކާމިޔާބު ކުރެއްވީ، އެމްޑީޕީގެ ފަރާތުން ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރެއްވި މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރ އަޙްމަދު ޒަމީރު އާއި ވާދަކޮށް 12 ވޯޓު 7 ވޯޓުންނެވެ. މާލޭ ސިޓީ ކައުންސިލްގައި ޕީޕީއެމްގެ 13 ކައުންސިލަރުން ތިއްބަވާއިރު ޕީޕީއެމްގެ އެއް ކައުންސިލަރަކު ވަނީ ޕާޓީގެ ނިންމުމާ ޚިލާފަށް ޒަމީރަށް ވޯޓު ދެއްވާފައެވެ.



މާލޭ ސިޓީ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ 6 ކައުންސިލަރުންނާއި ޕީޕީއެމްގެ 13 ކައުންސިލަރުންނެވެ. ނަރީޝް ޑެޕިއުޓީ މޭޔަރުކަމަށް އިންތިޚާބުވުމާ ގުޅިގެން މާލޭސިޓީގެ މޭޔަރ ޑރ. މުޢިއްޒު ވަނީ އޭނާއަށް މަރުޙަބާ ދަންނަވާފައެވެ. ޑެޕިއުޓީ މޭޔަރުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި 35,000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން