އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް 15 ޕީސީއާރު މެޝިން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް މިއަދު ވިދާޅުވީ، ރަށްރަށަށް ފޮނުވާ ޕީސީއާރު މެޝިންތައް ކުރިއަށްއޮތް 5 ދުވަސް ތެރޭގައި ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަތޮޅުތަކަށް ފޮނުވާ މެޝިންތަކުން ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި މަސައްކަތް ކުރާނަމަ ދުވާލަކަށް 16 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މެޝިންތައް ފޮނުވުމުގައި މިވަގުތު އިސްކަންދެއްވާނީ މިވަގުތަށް މެޝިން އެންމެ ބޭނުންވާ ސަރަޙައްދުތަކަށް ކަމަށާއި، އިތުރު މެޝިންތައް އަންނަ މަސް ނިމުމުގެ ކުރިން ލިބޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އަތޮޅުތަކުގައި ކޯވިޑް-19 ހަލުވި ސްޕީޑްގައި ފެތުރެމުންދާއިރު ރަށްރަށުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމުގެ ޝަކުވާ ރަށްރަށުގެ ކައުންސިލްތަކާއި ސިއްޙީ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު