ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމް
ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނުގެ ދިފާޢީ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ފަރާތުން މިރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ ޔާމީން ގޭގައި ހުންނަވައިގެން ސިޔާސީ ހަރަކާތް ހިންގަވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ރައީސް ޔާމީން ގޭގައި ހުންނެވި ނަމަވެސް ވީޑިއޯ ކޮންފަރެންސްތަކާއި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށް ވަކީލުން ވިދާޅުވިއެވެ.

ޔާމީން ގެއަށް ބަދަލު ކުރެވުނުއިރު، ފޯނު ބޭނުން ކުރުމުގެ ހުއްދަ ކަރެކްޝަންސް އިން ދެއްވާފައިވީ ނަމަވެސް ޕީޕީއެމްގެ ވަޓްސްއެޕް، ވައިބާ، ގްރޫޕްތައް ފަދަ ގްރޫޕްތައް ބޭނުން ކުރުމުގެ ހުއްދައަކަށް އެދި ކަރެކްޝަނަށް ހުށަހެޅުމުން އެފަދަ ހުއްދައެއް ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމީން ގޭބަންދުގައި ހުންނެވި ނަމަވެސް ކަރެކްޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު އެއްވެސް އަމަލެއް ހިންގަވާފައި ނުވާ ކަމަށާއި ޕީޕީއެމްގެ ލީޑަރޝިޕް ގްރޫޕްތަކާއި ޕާޓީގެ ކައުންސިލް ގްރޫޕްތަކުގެ އިތުރުން އެ ނޫންވެސް އެފަދަ އެއްވެސް ގްރޫޕެއްގައި ރައީސް ޔާމީން މުއާމަލާތް ކުރައްވާފައި ނުވާ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނާއި ގުޅޭގޮތުން ޙަޤީޤަތާޚިލާފު ވާހަކަތައް ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް ނަސޭޙަތްތެރިވެފައެވެ. އަދި އެފަދަ ޢަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން