10 ވަނަ ބައި
................
"ވަހީދައްތަ ކޮއްކޮ އެކަނި ބަހައްޓާފައި ދިޔައީމަ ކޮއްކޮ ވެއްޓުނީ....ވެއްޓުނީމާ ބައްޕަ ކޮއްކޮ ނިންދަވާލީ......މަންމާ ހިނގާ ގެއަށްދާން....." ކުޑަކުޑަ ސާރާ ބުންޏެވެ.
"ބައްޕަ ދަރިފުޅު ނިންދަވާލީ ޔަގީންތަ؟" އިސްމާޢީލް މަނިކު ކުޑަކުޑަ ސާރާއާ ލޯބިކޮށްލިއެވެ. ސާރާ ބޯޖަހާލިއެވެ.
"މިތަން މާފަސޭހައެއް ނޫންތަ؟ ގެއަށްދާނީ އަރާމުކޮށްލާފައި އެއްވެސް ތަނަކަށް ތަދުވޭތަ؟" ހުސްނާވެސް ސާރާ މޫނުގައި ބޮސްދިނެވެ.
"ނުވޭ ކޮއްކޮއަށް އެއްވެސް ތަދެއް ކޮއްކޮ ބޭނުމީ ދާން ގެއަށް." ކުޑަކުޑަ ސާރާ ނިކަން މައުޞޫމް ގޮތަކަށް ބުންޏެވެ. ހުސްނާ ހިނިތުންވެލަމުން ސާރާގެ ނޭފަތްމަތީގައި ހުރި ޒަޚަމްގައި އަތް ކާއްތާލިއެވެ.
"ދަރިފުޅާ ކޮއްކޮ ދާން ބޭނުމަކަސް ނުދެވޭނެޔޭ. މިތާ މީހުން ރުޅި އަންނާނެ ކޮއްކޮއަކީ ބޮޑެތި މީހުން ރުޅިއަރުވާ ކުއްޖެއް ނޫނެއްނު." ތަފާތު ގޮތްގޮތަށް ވާހަކަ ދައްކައިގެން އިސްމާޢީލް މަނިކު މަސައްކަތް ކުރީ ސާރާ ރުއްސޭތޯއެވެ.
އޭގެ އެއްހަފްތާފަހުން ސާރާގެ ހާލު މުޅިން ރަނގަޅުވުމުން ހޮސްޕިޓަލުން ސާރާ ގެއަށް ދޫކުރިއިރު ބޮޑު ޚަރަދެއްވެސް އިސްމާޢީލް މަނިކު އަތުން ދިޔައެވެ. އެކަނި ޗާޓަރުކުރި ފްލައިޓަށްވެސް ފަންސާސް ހާސް އިންޑިޔާ ރުފިޔާ ޚަރަދުވިއެވެ. ނަމަވެސް އަތުން ކިތަންމެ ބޮޑު ހޭދައެއްވިޔަސް ސާރާއަށް އަލުން ރަނގަޅު ސިއްޙަތެއް ލިބުނީތީ އެވެރިން ތިބީ އިންތިހާއަށް އުފާވެފައެވެ.
އެދުވަހުން ފެށިގެން ސާރާގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށް ފުރަތަމަ ދުވަހުވެސް ހުސްނާމެނަށް ފާހަގަކުރެވުނުވެ. ސާރާ ނިންޖާވެސް ދުރުވިއެވެ. ގޭގެ އެންމެން ނިންޖާ ތާއްޔާ ޖެހޭއިރުވެސް ސާރާ ކޮޓަރިތެރޭ ދުވެލަ ދުވެލާ ހުރެއެވެ. ނޫނީ ކޮންމެވެސް ފޮތެއް ހިފައިގެން ކުލަ ޖައްސާށެވެ. ބައެއްފަހަރަށް އެހެން ކޮންމެވެސް މީހަކާއެކު އުޅޭހެންވެސް ހީވާތީ ވަހީދާ އުޅެއެވެ. ކުރިންހެން މިފަހަރުވެސް އެކަންތައްގަނޑު ފުރަތަމަ ފާހަގަކުރެވި އެކަން ފާޅުކުރީވެސް ވަހީދާއެވެ.
"އެހެންނަމަވެސް ފޮތެއް ހިފައިގެން އުޅޭކަން ނަޞީބެއްނު. މިހާރު ސާރާ ވަރަށް އަވަހަށް ފިލާވަޅުތައްވެސް ދަސްކޮށްލައޭދޯ؟ ވަހީދާ." ހުސްނާ ދަރިފުޅާމެދު ފަޚުރުވެރިވަމުން ވަހީދާއަށް ދޯއެއްލިއެވެ. ވަހީދާ ބޯޖަހާލިއެވެ. މިހާރުވެސް ސާރާ ކުރީގެވެސް އާދައިގެ މަތިން ބޯގަންވިލާ މަލާހެދި އުޅެއެވެ. ސާރާ ގޮވައިގެން ވަހީދާއަށް ނުދެވޭ ދުވަހެއް ވިއްޔާ ކުރީގައިވެސް މާގެނެސްދޭ ފިރިހެން ކުއްޖާ ސާރާއަށް މާގެނެސްދެއެވެ. ކޮންމެ ދެދުވަހުން އެއްދުވަހު އެގެއަށް އަންނަ އެފިރިހެން ކުއްޖާއާ ވާހަކަ ދައްކަން އޭނާ ހުއްޓުވޭތޯ ކޮންމެ ދުވަހަކުވެސް ހުސްނާމެން މަސައްކަތް ކުރެއެވެ. ނަމަވެސް އެމީހުނަކަށް ދުވަހަކުވެސް އެކުއްޖާ ހުއްޓުވޭ ކަމަކަށް ނުވެއެވެ. ހީވާކަހަލައެވެ. އޭނާގެ ވާޖިބަކީ އެގެއަށްވަދެ ބޯގަންވިލާ މާކޯޅި ސާރާއާ ހަވާލުކުރުމެވެ. ނޫނީ ސާރާއަށް ފެނިލުމެވެ.
"އެއީ ކޮންކަހަލަ ކުއްޖެއް. މިގެއިން ފެންތައްޓެއްވެސް ބޯކަށް ގަސްދެއް ނުކުރިޔޭ. ހަމަގައިމުވެސް ދިވެއްސެއްހެން ހީވަނީ." ހުސްނާއާއި އިސްމާޢީލް މަނިކު ވާހަކަ ދެއްކީ ކޮޓަރީގައި ތިބެގެންނެވެ. އެއީ ސާރާވެސް ނިދާފައި އޮތް ވަގުތެކެވެ.
"ކުރީ ދުވަހަކު އެކުއްޖާ ބުންޏޭ މިތާ ކައިރީގައޭ އަބަދުވެސް އުޅެނީ ވެދާނެ އެއީ ތުއްތު ކުދިން ދެކެ މާލޯބިވާ ކުއްޖަކީ ކަމަށްވެސް." އަނެއްކާވެސް ހުސްނާ ބުންޏެވެ.
"ދެން ތިޔަކުއްޖެއްގެ ވާހަކަ ދެއްކުން ހުއްޓާލަބަލަ. މާދަމާ ނޫން އަނެއް ދުވަހު ކޮންމެހެންވެސް އަހަރެންޖެހޭ މާލެދާން." އިސްމާޢީލް މަނިކު ހަނދާންކޮށްލަދިނެވެ.
"އަދި ނުބުނެވޭދޯ މިއަދުހަވީރު އޮފީހުންގުޅި. އަހަރެން ބުނިން މޯބައިލްފޯނަށް ގުޅާށޭ.....ގުޅުނުތަ؟" ހުސްނާ ކުއްލިއަކަށް ހަނދާންވިއެވެ.
"އާނ، އެވެސް އަހަރެން ނުގޮސްގެން ލަސްވެގެން. މިހާރު މާދުވަސްވީވިއްޔާ މިކޮޅުގައި." އިސްމާޢީލް މަނިކު ތެދުވެ އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލިއެވެ.
"ކޮފީ ގިރައިގެން އަންނަންވީތަ؟" ތެދުވަމުން ހުސްނާ އެއްސެވެ. ބޮލުގެ އިޝާރާތުން އިސްމާޢީލް މަނިކު އާއެކޭ ބުނީމާ ހުސްނާ ހިނގައިގަތެވެ. އޭނާ ހިނގައިގަތް ވަގުތު ސާރާ ދެފައި ވަށްގޮށްގެން އެނދުގައި އިށީނދެގެން އިންތަން ހުސްނާއަށް ފެނުނެވެ. ހުސްނާ ހުއްޓި ސާރާގެ ހަރަކާތްތަކަށް ބަލަން މަޑުކުރިއެވެ.
ސާރާ އެކަނިމާއެކަނި ހުރެ ހީނހީނފައި ވާހަކަ ދައްކަނީއެވެ. އެންމެފަހުން އެތާނގައި ނުހުރެވިގެން ހުސްނާ ދިޔައީ އިސްމާޢީލް މަނިކު ގާތަށެވެ. ދަރިފުޅުގެ އެހަރަކާތްތައް ފެނުމުން މަނިކުވެސް ހައިރާންވިއެވެ. އަނގައިން ބަސް ހުއްޓިފައި އޭނާއަށްވެސް ހުރެވުނީއެވެ.
"ދަރިފުޅާ ސާރާ، ކޮއްކޮ ކާކާ ތިވާހަކަ ދައްކަނީ؟" މަނިކު ސާރާއިން އެނދުގެ މަގަތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. ކުޑަކުޑަ ސާރާ ބައްޕަގެ އަޑާއެކު ސިހުނެވެ. ހަމައެއާއެކު ސާރާ ވަށައިގެން ހޯދުމަށްފަހު އޮށޯވެއްޖެއެވެ.
މިއާދައިގައި ދުވަސްތައް ފާއިތުވަމުންގޮސް މަސްތަކަށް ބަދަލުވެ، މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައެވެ. މިހާރު ސާރާގެ އުމުރުންވެސް ސާދަ އަހަރު ފުރިއްޖެއެވެ. އިންޑިޔާގެ މެޑްރާސްގައި ހޭދަކުރި ދުވަސްތަކަށްފަހު ހުސްނާއާއި މަނިކު ސާރާ ގޮވައިގެން މާލޭގައި ދިރިއުޅެން ގަސްދުކުރީ އެއަށްފަހުގައެވެ. އޭރު ސާރާއަށް ވަނީ ރަނގަޅު ފެންވަރަކަށް އެތަނުގެ ތަޢުލީމުވެސް ޙާޞިލުވެފައެވެ. މައްސަލަތައް ދިމާންވާފެށީ އެޢާއިލާގެ ދިރިއުޅުން މާލެއަށް ބަދަލުކުރެވި، ސާރާވެސް އެމް.އީ.އެސް އިން ތަޢުލީމު ޙާޞިލް ކުރަން ފެށިތާ ދުވަސްތަކެއްގެ ފަހުންނެވެ.
އެއުމުރުގެ އެހެން ކުދިންނެކޭވެސް އެއްފަދައިން ސާރާވެސް އޭނާގެ ޙަޔާތަށް ލޯބިވެރިޔަކު ޚިޔާރުކުރިއެވެ. ސާރާއަށް ނިމާލް ފެނުނީ އޭނާ މަދުރަސާ ނިންމާފައި ގެއަށް އައި މަގުމަތިންނެވެ. ފުރަތަމަ އިސްވެ އޭނާއާ ވާހަކަ ދެއްކީ ނިމާލެވެ.
"ސާރާ....މަޑުނުކުރިޔަސް ގުޅޭނެ ނަމްބަރެއް ދީފަ ދިޔަޔަސް އެންމެ ރަނގަޅު....." ނިމާލްގެ އަޑަށް ސާރާ ހުއްޓުނެވެ.
"ފެންނަހާ މީހަކަށް ނަމްބަރު ބަހަމުންނެއް ނޫޅެން." ސާރާ ގަދަކޮށްލިއެވެ. ނަމަވެސް ނިމާލް މާޔޫސްވީހެނެއް ހިއެއްނުވެއެވެ. އޭނާ ސާރާގެ ފަހަތަކުން ނައްޓުވައެއް ނުލިއެވެ.
"ކޮންމެ ކޮންމެ މީހަކަށް ނުދިނަސް ހެވޭ އަހަންނަށް ނަމްބަރު ދެނިކޮށް......ތިހާ ރީތި ކުދިންގެ ހިތް ހަރު ހިލަހެނެއް ނުވާނެ. އަހަރެން ބޭނުމެއްވެސް ނޫނޭ ޔުނިފޯމްގައި ދާއިރު ފަހަތުން ދާކަށް. އަޅެ ނަމްބަރު ދީފައި އަހަރެން ހުއްޓުވަންވީނު." ނިމާލް ސާރާއާ އެއްވަރަކަށް ހިނގަމުން ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ސާރާ އިތުރަކަށް އަނގަޔަކުންވެސް ނުބުނެއެވެ. ވާހަކަ ގިނަކުރިހެން ނިމާލް ފޮށޭނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ. ޖެހިގެން އައި ދުވަހުވެސް ނިމާލް އެއާދައިގައި ސާރާއާ ކުރިމަތިލިއެވެ. ސާރާގެ ހިތް ނިމާލާ ދިމާއަށް އެނބުރެންފެށީ ނިމާލުގެ އާދޭހުގެ އަޑު އިވޭތާ ހަފްތާއަކަށް ވުރެންވެސް ގިނަދުވަސްވީ ފަހުންނެވެ.
"ނާޒިޔާ އަހަންނަށް ނިމާލްދެކެ ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ." ސާރާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ނާޒިޔާއާއެވެ. ފޯނު ރަނގަބީލްވާންފެށީ އެވަގުތުއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފޯނުނެގީ ސާރާއެވެ.
"އައްސަލާމް ޢަލައިކުމް.....ޕޫލްކިނާރާ." ސާރާ ފުރިހަމަ އިޙްތިރާމާއެކު ވާހަކަ ފެށިއެވެ. އެކޮޅުން ވާހަކަ ދެއްކީ ނިމާލެވެ.
"ސާރާތަ؟ ނިމާލޭ މިއީ......" ސާރާގެ އަޑުން ނިމާލް ދަނެގަތެވެ. ހަމައެއާއެކު ލިބުނު އުފަލާއެކު ސާރާއަށް ފުން ނޭވާއެއް ލެވުނެވެ.
"އާނ....ނިމާލް....ނިމާލްގެ މަސައްކަތުން ކާމިޔާބު ހޯދައިފި....އެކަމަކު ވެދިޔަ ކަންތަކަށް އަހަރެން މަޢާފަށް އެދެން......" ނިމާލްގެ އަޑު ކަންފަތުގައި ޖެހުމާއެކު ސާރާ އިޚްތިޔާރުން ބޭރުވާން ފެށިއެވެ.
އެފޯންކޯލަށްފަހު ނިމާލާއި ސާރާ ލޯބީގެ ގުޅުމަކުން ގުޅި ލޯބިވެރިންގެ ލިސްޓަށް އިތުރުވިއެވެ. އެރޭ ނިދަން އޮށޯތްއިރުވެސް އޭނާގެ ސިކުނޑީގައި އެނބުރި އުތުރެމުން އައީ އޭނާގެ ޙަޔާތަށް އައި ފުރަތަމަ ލޯބިވެރިޔާ ނިމާލްގެ ލޯބީގެ ޢިބާރާތްތަކާއި ފަރި ޙަރަކާތްތަކެވެ.
ޖެހިގެން އައި ދުވަހު ސްކޫލަށް ދިޔަ މަގުމަތިންވެސް އޭނާއަށް ކަޅި އުކަ އުކާފައި ހޯދުނީ ނިމާލް ފެނޭތޯއެވެ. އެއިންވެސް ދޭހަވަނީ އޭނާގެ ހިތް ނިމާލަށް އެދޭވަރެވެ. އޭނާގެ ހިތުގައި ނިމާލަށްޓަކައި އުފެދިފައިވާ ލޯބީގެ ބާރުގަދަކަމެވެ. ހިތަށް އަރައެވެ. ނިމާލަކީ ލޯބި ކާމިޔާބު ކުރުމަށް ކުޅަދާނަ ހުނަރުވެރިއެކެވެ. އޭނާއާ ދިމާއަށް ސާރާގެ ހިތް ލަންބުވާލީ އޭނާގެ ހުނަރުންނެވެ. އޭނާ ފުރަތަމަ ސާރާއާ ކުރިމަތިލީހިނދު ސާރާ ދިން ޖަވާބުން އޭނާ މިސްރާބު ބަދަލުކުރިނަމަ، އޭނާއަށް އެހާ ފަސޭހައިން ސާރާގެ ލޯތްބެއް ކާމިޔާބު ނުކުރެވުނީހެވެ. ބުނެ އުޅެނީ ތެދެކެވެ. ލޯތްބެއްގެ ފެށުމަކީ ނަފްރަތެވެ.
"އަހަންނަށް މިހާރު އަބަދުވެސް ސިފަ ކުރެވެނީ ސާރާގެ އެރީތިކަން. ހިތަށްއަރާ ކުރެހުންތެރިއެއް ނަމައޭ. ސާރާ ފެންނަ ކޮންމެ ހިނދެއްގައިވެސް އަހަރެންގެ ހިތް މަސްތުވޭ....." ނިމާލް ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ފިރާޒާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ފިރާޒުގެ ކޮޓަރިތެރޭގައެވެ.
"މިހާރު ނިމާލް ތިޔައުޅެނީ މީހެއްގެ އަންހެން ދަރިޔަކު ހަލާކު ކުރަންދޯ؟ މާއަވަހަށް މަސްތުވާން ނަހަދާ ސާރާ ސްކޫލް ނިމެންދެން އިންތިޒާރު ކޮށްލާ...." ފިރާޒް ޚިޔާލުދިނެވެ.
"ސްކޫލް ނިމެންދެނޭ.....އަދި މުޅި އެއްއަހަރު ދުވަސް ހާދަ ދުވަހެކޭ.....ބުޅަލަކަށް ރޯމަސްގަނޑަކަށް ބަލަން ހިމޭނުން އޮވެވޭނެތަ؟" ނިމާލް ބޯކަހާލިއެވެ. މިހާރު އޭނާ ދެކެމުން ދަނީ އެހެން ހުވަފެންތަކެކެވެ. ހިތް އެދެމުން ދަނީ ސާރާއާއެކު އެކަހެރި ބައްދަލުވުންތަކަށެވެ. އުފާތަކެއް ލިބިގަތުމުގެ ބޭނުމުގައެވެ.
"ސާރާ ހިނގާ މިރޭ ރެސްޓޯރެންޓަކަށް ކާލަންދާން. އަބަދު މިގޮތަށް މިގޭ ސިޓިންގރޫމްގައި ވާހަކަ ދައްކަން ތިއްބަކަސް ހުރިހާ އުފަލެއް ނުލިބޭނެ. އެހެނިހެން ލޯބިވެރިން ފަދައިން އަހަރެންވެސް ބޭނުން ލޯބިވެރިޔާއާއެކު ހިނގާލަން. އުފާކޮށްލަން....." ނިމާލް ސާރާގެ އަތުގައި ހިފަހައްޓާލިއެވެ. ސާރާ ހީލިއެވެ.
"މަންމަ ހުއްދަ ދީފިއްޔާ ދާނީދޯ؟ އެހެން ނޫނީ މަންމަގާތު ދޮގެއް ހަދަންޖެހޭނީ." ސާރާ އަޑުއިވޭ ހިސާބުގައި މަންމަ ހުރިތޯ ބަލާފައި ބުންޏެވެ.
"ކޮންމެވެސް އެއްގޮތެއް ހަދައިގެން މިރޭ ދެވޭނެގޮތް ހަދަންވާނެ.....އަހަރެން މިރޭ އަށެއްޖަހާއިރަށް ތައްޔާރުވާނަން." ނިމާލް މަސްތީ ގޮތަކަށް ސާރާއާ ދިމާއަށް ބަލަން އިނދެފައި ބުންޏެވެ. ސާރާ ބޯޖަހާލިއެވެ. އެއަށްފަހު ނިމާލް ދިޔައީ ގެއަށެވެ. ސާރާވެސް ތައްޔާރުވިއެވެ. ހީކުރި ވަރަށްވުރެން ފަސޭހައިން މަންމަގެ ހުއްދަވެސް ލިބުނެވެ. ނަމަވެސް ވީހާވެސް އަވަހަކަށް ގެއަށް އައުމަށް ހުސްނާ އިޝާރާތް ކުރިއެވެ.
ނިމާލް ޑްރީމް ސައިކަލެއްގައި ސާރާ ބަލައި އައީ އަށެއްޖަހަން ފަސްވަރަކަށް މިނިޓަށްވެފައި ވަނިކޮށެވެ. އެއިރު ސާރާ ހުރީ ދޮރާށި ބުޑުގައި އޭނާގެ އިންތިޒާރުގައެވެ. ދޮރާށި ކައިރިއަށް ސައިކަލް ހުއްޓުމާއެކު ސާރާ އައިސް ސައިކަލަށް އެރިއެވެ. ނިމާލް މަޑުމަޑުން ސައިކަލް ދުއްވާލިއެވެ.
"ފުރަތަމަ މާލެ ވަށައި ދުއްވާލާނީ އެންމެ ރަނގަޅުތަ؟" ސައިކަލުގެ ދުވެލި ބާރުކޮށްލަމުން ނިމާލް ވާހަކަ ދެއްކިއެވެ.
"އެންމެ ރަނގަޅު.....އެކަމަކު މަންމަ ބުންޏޭ ވަރަށް އަވަހަށް އަންނާށޭވެސް....." ސާރާ ބުންޏެވެ.
"ތިހެންވީއިރު ދުއްވާލާކަށް ނުދާނަން....ފުރަތަމަ ދާނީ އަހަރެންގެ ގެއަށް......އަހަރެން ފާޚާނާއަކަށް ވަދެލަންވެއްޖެ." ނިމާލް އޭނާގެ ހިތްއެދޭ މިސްރާބަށް ސައިކަލް އަނބުރާލިއެވެ. ސާރާ އާއެކޭވެސް ނޫނެކޭވެސް ނުބުނެއެވެ. އޭނާ ހިމޭނުން އިނީ އޭނާ އިންތިހާއަށް ނިމާލަށް އިތުބާރު ކުރާތީއެވެ. ޙަޤީޤަތުގައި މިހާރު އޭނާވެސް އެހުންނަނީ ނިމާލްގެ ޢާއިލާގެ މެންބަރުންނާ ބައްދަލުކުރުމަށް ބޭނުންވެފައެވެ.
"ނިމާލް......ގެ މަންމަމެނަށް އަހަރެން ތަޢާރަފުކޮށްދޭނަންދޯ؟" ސައިކަލް ނިމާލްމެންގޭ ދޮރުމައްޗަށް މަޑުކުރުމާއެކު ސާރާ ބުންޏެވެ. ނިމާލް ހީނލަމުން ސާރާގެ އަތުގައި ހިފައިގެން ގޮސް ދޮރާށި ހުޅުވާލިއެވެ. ހަމައެއާއެކު ސާރާއަށް ލިބުނީ ހައިރާންކަމެކެވެ. ބޮޑު ހަވޭލިއެއް ކަހަލަ ގެއެކެވެ. އެހެން ނަމަވެސް މީހެއްގެ އެއްވެސް ހިލަމެއް ނެތެވެ. އެއޮއްބޮޑު ސިޓިންގރޫމްވެސް އޮތީ ފަޅުވެފައެވެ. ނިމާލް ސާރާގެ އަތުގައި ހިފައިގެންގޮސް ވަނީ އެންމެ ދިމާއަށް ހުރި ކޮޓަރިއަށެވެ.
"ސާރާ އެނދުގައި އިށީނދޭ....އަހަރެން އަންނާނަން ފާޚާނާއަށް ވަދެފައި...." ނިމާލް ގަމީސް ބޭލިއެވެ. ސާރާ އެނދުގައި އިށީނެވެ.
"ނިމާލް މިގޭ މީހަކުވެސް ނޫޅެނީތަ؟" ސާރާ އެއްސެވެ. ވާހަކަ ދައްކަން އެބަ އަންނަމޭ ބުނެފައި ތުވާލި ހިފައިގެން ގޮސް ނިމާލް ފާޚާނާއަށް ވަނެވެ. ސާރާ ވެފައިވާ ވަރުބަލީގައި އެނދުގައި ބުރަކަށި ޖައްސާލިއެވެ. އެވަގުތު ނިމާލް ފާޚާނާގެ އިސްކުރެއް ދޫކުރި އަޑުވެސް އިވުނެވެ. އެއަށްފަހު ވީ ދެތިން މިނެޓްއިރެވެ. ތުވާލި އަނދެގެން ނިމާލް ފާޚާނާއިން ނުކުމެއްޖެއެވެ. ސާރާ އެއޮތްގޮތަށް އޮތީއެވެ. ނިމާލް އެއައިގޮތަށް އައިސް އިށީނީ ސާރާއާ ޖެހި ފިތިގެންނެވެ. ސާރާ ތެދުވީއެވެ. އެފުރުޞަތުގައި ނިމާލް މަސްތުން ފުރިފައިވާ އަސަރަކުން ސާރާގެ ލޮލަށް ބަލަން އިނދެފައި ސާރާގެ އަތުގައި ހިފަހައްޓާލިއެވެ. ނިމާލްގެ އެބަލައިލުމުން އިޙްސާސް ކުރެވުނު ލަދުވެތިކަމާއެކު ސާރާއަށް އިސްދަށަށް ޖަހާލެވުނެވެ.
********************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 37 އިން 40 ށެވެ.

ކިޔުންތެރިންގެ ހިޔާލު