އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރުދަނާގޮތެއްގައި މަސައްކަތް ކުރުމަށް އެމްޑީޕީން ދަޢުލަތުގެ މުޢައްސަސާތަކަށް ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، ހުޅުމާލޭގައި އުމުރުން އެންމެ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކުރުމަށްފަހު މަރާލާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާރޓީ (އެމްޑީޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެ ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

ރަހީނުކުރުމަށްފަހު އަނިޔާކޮށް އެ ނާޒުކު އުމުރު ފުރައިގެ ކުއްޖަކު މަރާލުމަކީ އެޖަރީމާ ހިންގި ބަޔަކުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ، "މިކުޑަ މުޖުތަމައުގައި މިފަދަ ޖަރީމާތައް ޖެހިލުމެއްނެތި ހިންގަން މެދުވެރިވާ ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ އަޒުމަކާއެކު ހަރުދަނާގޮތެއްގައި މުޅިދައުލަތް އެކުގައި މަސައްކަތްކުުރުން ނުހަނު މުހިއްމު" ކަމަށެވެ.



އެމްޑީޕީން ވަނީ، 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އަދި ފުރިހަމަ ޖިނާއީ ތަޙްޤީޤެއް ހިންގައި، މުޖިރިމުންނަށް ޙައްޤު އަދަބު ލިބިދިނުން ކަށަވަރުކުރުމުގައި ފަރުވާކުޑަކުރުމެއްނެތި އަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަަސާތަކަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން