މާލޭ ސަރަޙައްދުގައި ކާފިއު ހިންގަނީ
މާލޭ ސަރަޙައްދުގައި ކާފިއު ހިންގަނީ
މާޅޭ ސަރަޙައްދުގެ ކާފިއުއަށް ލުއިދީފިއެވެ.

ރައީސް އޮފީހުގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދުގެ ކާފިއު ވަގުތު ހަވީރު 6:00 ފަތިހު 4:00 އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް ކާފިއު ގަޑި ނޫން ގަޑިތަކުގައި ކުރިއެކޭ އެއްގޮތަށް، ގެއިން ބޭރަށް ނުކުތުމަށް ކޮންމެ ގެއަކަށް ދޫކޮށްފައިވާ މީޓަރު ހުއްދަ ބޭނުންވާނެއެވެ. އަދި މިހުއްދައިގެ ދަށުން ބޭރުގައި އުޅެވޭނީވެސް ހަމައެކަނި ކާފިއު ނޫން ގަޑިތަކުގައިކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މި ގެނެވުނު ބަދަލާއެކު އިތުރު ދެ ގަޑިއިރު ވިޔަފާރި ކުރުމުގައި އުޅުމުގެ ހުއްދަ ލިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން