11 ވަނަ ބައި
................
ތުވާލި އަނދެގެން ނިމާލް ފާޚާނާއިން ނުކުމެއްޖެއެވެ. ސާރާ އެއޮތްގޮތަށް އޮތީއެވެ. ނިމާލް އެއައިގޮތަށް އައިސް އިށީނީ ސާރާއާ ޖެހި ފިތިގެންނެވެ. ސާރާ ތެދުވީއެވެ. އެފުރުޞަތުގައި ނިމާލް މަސްތުން ފުރިފައިވާ އަސަރަކުން ސާރާގެ ލޮލަށް ބަލަން އިނދެފައި ސާރާގެ އަތުގައި ހިފަހައްޓާލިއެވެ. ނިމާލްގެ އެބަލައިލުމުން އިޙްސާސް ކުރެވުނު ލަދުވެތިކަމާއެކު ސާރާއަށް އިސްދަށަށް ޖަހާލެވުނެވެ.
"ސާރާ.....ސާރާގެ ތިޔަރީތިކަމާއި ފުރިހަމަކަން މިހާރުވެސް އަހަންނަށް އެބަސިފަކުރެވޭ." ނިމާލް ވައިއަޑުން ނިކަން މަސްތީ ރާގެއްގައި ބުނެލިއެވެ. އޭރުވެސް ސާރާ އިނީ ލަދުގެންފައެވެ.
"ނިމާލް......މަންމަ އުޅޭނެ ލަސްވެގެން......އަވަހަށް ހެދުންލައިގެން ހިނގާބަލަ ދާން....." ސާރާ އުޅުނީ އެނދުން ތެދުވާށެވެ. ނަމަވެސް އޭރު ނިމާލްވަނީ ހަމަ ރަނގަޅަށްވެސް މަސްތުވެފައެވެ. ސާރާގެ ނުރުހުމާއެކު އޭނާއަށް އެކުރެވެން އުޅެނީ ކީއްކަމެއްވެސް އޭނާއަށް ނޭނގޭކަހަލައެވެ. އޭނާގެ ހަރަކާތްތައް ފިސާރި އަވަސްވެފައި ހަލުތްވެވެ. އޭނާއަށް ހަމަހޭވެރިކަންވީ ކޮޓަރި ދޮރު ކޮންމެވެސް މީހަކު ހުޅުވާލި އަޑަށެވެ. އަޑާއެކު އޭނާ ތެޅިގެންފައި ސާރާގެ ގައިން ދޫކޮށްލީއެވެ. ދޮރުމަތީގައި ހުރީ އިސްކޮޅުން ދިގު ފިރިހެނެކެވެ. އޭނާހުރީ އެމީހުނަށް ފުރުޞަތުދީގެނެވެ.
"ކާކު؟ ކޮޓަރިއަށް ވަނުމުގެ ކުރިން ޓަކިޖަހާލިއްޔާ ވާނީ ކީއްތަ؟" ނިމާލް ރުންކުރުވެފައި ބުންޏެވެ. ނަމަވެސް އެމީހާ އަނގަޔަކުން ނުބުންޏެވެ. އޭރު ސާރާއަށް ރޮވެނީއެވެ.
"މިކަހަލަ ވަގުތެއްގައި ޓަކިޖަހާފައި ވަންނާކަށް ނުޖެހޭނެ......ކަލެއަށް އެނގޭތަ ތިއޮތް އަންހެން ކުއްޖާ އެއީ ކާކުކަން......ތިޔައީ އަހަރެންގެ......." އެމީހާގެ އަޑު އާންމު އިންސާނުންގެ އަޑާއި ނުހަނު ތަފާތުކަން ނިމާލަށްވެސް ފާހަގަކުރެވުނެވެ. އެއީ ބިރުވެރި އަޑެކެވެ. ރޮއިރޮއި އިން ސާރާއަށްވެސް ބަލައިލެވުނީ ކުރިމަތީގައި ހުރި އެމީހާއާ ދިމާއަށެވެ. އޭރު މުޅި ކޮޓަރިތެރެވަނީ ޒާތެއްގެ ނުބައިވަހަކުން އެއްވަސްވެފައެވެ.
"ކާކުތީ ފާޑުފާޑުގެ އަޑުން ވާހަކަ ދައްކަން.....ހަމަ މިހާރު މިތަނުން ނުކުމޭ....." ނިމާލް ތެދުވިއެވެ. ކުރިމަތީގައި ހުރި ޒުވާނާ ފަސް އެނބުރި ބަލައިވެސްނުލާ ނުކުންނަން ހިނގައިގަތެވެ. އެޒުވާނާ ނުކުތުމާއެކު ނިމާލް ނިކަން ބާރަށް ގޮސް ދޮރު އެތެރެއިން ތަންޑު އެޅުވިއެވެ. އޭރުވެސް ސާރާ އޮތީ ލަދުން އެނދުމަތީގައި ބޮނޑިވެގެން ކަހަލަ ގޮތަކަށެވެ. ނިމާލް ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު އަނެއްކާވެސް އައިސް އެނދުގައި އިށީނދެއްޖެއެވެ.
"ލަދުނުގަނޭ ސާރާ....." ނިމާލް ކުރިއަށްވުރެންވެސް މަސްތީ އަސަރަކާއެކު ސާރާއަށް ބަލަން އިނދެފައި ބުންޏެވެ.
"ނިމާލް......ހިނގާދާން...." ސާރާ ތެދުވިއެވެ.
"އަދި ނުވެއޭ ލަހެއް......" ނިމާލް ސާރާގެ އަތުގައި ހިފައި އޭނާގެ ގާތަށް ދަމާލިއެވެ. އެވަގުތު އިވުނު އަޑަކާއެކު ހީވީ ބިންހެލުމެއް އައިހެނެވެ. ކޮޓަރިތެރޭގައިވެސް ނުގުޑާ އެކައްޗެއްވެސް ނެތް ކަހަލައެވެ. ސިއްސައިގެންގޮސް ނިމާލަށް ސާރާގެ ގައިން ދޫކޮށްލެވުމާއެކު އޭނާއަށް ބަލައިލެވުނީ ދޮރާ ދިމާއަށެވެ. ހަމައެއާއެކު އޭނާއަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވިއްޖެއެވެ.
ސީދާ ދޮރުމަތީގައި ހުއްޓި އެހުރީ ކުރިންވެސް އެތަނަށް ވަދެފައި ދިޔަ ޒުވާނާއެވެ. މިފަހަރުވެސް އޭނަހުރީ އެމީހުނަށް ފުރަގަސްދީގެނެވެ. ނިމާލް ބިރުގަތީ ދޮރު އޭނާ ތަންޑު އެޅުވިގޮތަށް ހުރީމައެވެ.
"ފުރަތަމަ ކަލޭ ބުނީމަ އަހަރެން ނުކުމެގެން ދިޔައީ ކަލެއަށް ވިސްނިދާނެ ކަމަށް ހީކޮށްފައި..... އެކަމަކު ކަލޭވީ އަހަރެން ހީކުރި ވަރަށްވުރެން މާވަހުޝީ މީހަކަށް....." އެމީހާ ނިމާލާ ދިމާއަށް އެނބުރުނެވެ. ހަމައެއާއެކު އޭނާއަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. ކުރިމަތީގައި އެހުރީ އިންސާނެއް ނޫނެވެ. އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ ތަފާތު އެތައް ސިފައެކެވެ. ބައެއްފަހަރު އެމޫނުމަތިން އަލިފާނުގެ އަސަރުވެސް ފާޅުވެއެވެ. އަނެއްބައިފަހަރު މިނިކާވަގެއްގެ ސިފަވެސް ފާޅުވެއެވެ.
"ކިތަންމެ ބާރަށް އަޑުލިޔަސް އިވޭނެ އެއްވެސް މީހަކު ނުހުންނާނެ....ކަލެއަށް ނޭނގުނަސް ސާރާއަކީ އަހަރެންގެ އަނބިމީހާ." ބިރުވެރި ސިފައިގައި ހުރިމީހާ ނިމާލާ ދިމާއަށް ހިނގައިގެންފިއެވެ.
"ނޫން....ތިޔައީ އިންސާނެއްވެސް ނޫން. އަހަންނާ ދިމާއަށް ނާދޭ....." ނިމާލް ހަޅޭއްލަވަމުން ފަހަތަށް ޖެހެން ފެށިއެވެ. ބިރުން ތުރުތުރު އަޅައަޅާއިން ސާރާއަށް ވަދެވުނީ ނިމާލްގެ ބިއްދޮށަށެވެ. ހަމައެއާއެކު އެނާމާން ސިފައިގައި ހުރި މީހާ ބިރުވެރި އަޑު ލައްވަން ފެށިއެވެ.
"އާނ....އިންސާނެއް ނޫން ޖިންނިއެއް. އެކަމަކު އަހަންނަކީ ސާރާގެ ފިރިމީހާ....ސާރާގެ ދެކުދިންގެ ބައްޕަ." ޖިންނި އޭތީގެ އަތް ދިއްކުރީމާ ޖެހޭވަރަށް ނިމާލާ ގާތަށް ޖެހުނެވެ. ނިމާލް އުޅުނީ ކޮޓަރިން ނުކުންނަން ދުއްވައިގަންނާށެވެ. ނަމަވެސް ޖިންނި އެއަށްވުރެން މާހުޝިޔާރެވެ.
ނިމާލަށް ދޮރާ ދިމާއަށް ދެވުމާއެކު ދޮރު ތަޅުލެވުނެވެ. އެއާއެކު ދޮރުފޮތިތައްވެސް ވަޔާއެކު ކެހޭކަލަހަ ގޮތަކަށް ކެހުނެވެ. އޭރު ސާރާގެ ބޮލަށް އެނބުރުން އަރަށް ފަށައިފިއެވެ. އިސާހިތަކު ސާރާ ތަރުފާލުގަނޑު މައްޗަށް ދެމުނެވެ.
ޖިންނި ސާރާއާ ދިމާއަށް ބަލައިލުމަށްފަހު ނިކަން ބާރަށް ހީނގަތެވެ. ނިމާލް ރޮމުން ވަށައިގެން އެބުރެން ފަށައިފިއެވެ.
"ކިތަންމެ ބާރަށް ރުޔަކަސް އަހަރެންގެ ކިބައިން މިރޭ ސަލާމަތެއް ނުވެވޭނެ. އަހަރެންގެ މަލަކުން ފޮނިބުއިމުގެ ފުރުޞަތު ކަލެއަކަށް ނުދޭނަން." ޖިންނި އެއެތީގެ ހޫނު ނިމާލަށް އިޙްސާސް ކުރެވޭވަރަށް ނިމާލާ ގާތަށް ޖެހިލިއެވެ.
"އާދޭސް ކުރަން.....އަހަރެން ސަލާމަތްކުރޭ. ދުވަހަކުވެސް އަހަރެން ސާރާއާ ވާހަކައެއް ނުދައްކާނަން. އަހަރެން.....ސާރާއާ ދިމާއަށް ބަލައިވެސް ނުލާނަން." ނިމާލް ޖިންނީގެ ފައިދަށަށް ތިރިވިއެވެ.
"އާދޭސް......ވަރަށްގިނަ ފަހަރު އިންސާނުން މުޞީބާތްތަކުން ސަލާމަތްވުމަށް އާދޭސްވެސް ކުރޭ. ދުޢާވެސްކުރޭ.....ނަމަވެސް އެމުޞީބާތަކުން ސަލާމަތްވުމުން.....ހުރިހާ ކަމެއް ހަނދާން ނައްތާލާ. އެކަމަކު ކަލެއަށް އެފުރުޞަތު ދޭކަށް އަހަރެން ބޭނުމެއް ނޫން." ޖިންނި ނާމާން ޒާތަކަށް ނިކަން ބާރަށް ހީނގަތެވެ. ނިމާލުގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. އޭނާ ރޮމުން ހަޅޭއްލަވަމުން ދޮރުހުޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"އަހަރެން ކަލޭ ހިފަހައްޓާކަށް ނެތިން. އަވަހަށް ދޮރު ހުޅުވައިގެންދޭ.....ބާރަށް ދުއްވައިގަނޭ....." ޖިންނި ގުދުވެ ބިންމަތީގައި އޮތް ސާރާ ދެއަތްދަނޑިމައްޗަށް ނަގައި އުފުއްލާލިއެވެ. އޭރުވެސް ނިމާލް މަސައްކަތް ކުރަމުން ދަނީ ދޮރު ހުޅުވޭތޯއެވެ. ޖިންނި ސާރާ އެނދުމަތީގައި ބާއްވާލިއެވެ. އޭތި ނިމާލާ ކުރިމަތިލީ ދެނެވެ.
"ކޮޓަރިން ނުކުންނަން ކަލެއަށް ވަރަށްގިނަ ވަގުތު ދެވިއްޖެ. މިހާރު ވަގުތު ފާއިތުވެއްޖެ." ޖިންނި އުންޑައެއްހެން ނިމާލްގެ ކުރިމައްޗަށް ޖެހިގަތެވެ. އިސާހިތަކު އެއެތީގެ އަތުގެ ތޫނު ވަކިތައް ނިމާލްގެ ކަނދުރާއާ ދިމާއަށް ޙަރަކާތްތެރިވާން ފަށައިފިއެވެ. ނިމާލް އެވަކިތަކުން ސަލާމަތްވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އެއެތީގެ ކިބަޔަކުން އެފަކީރަކަށް ސަލާމަތްވެވޭގޮތެއް ނުވިއެވެ. އިސާހިތަކު ނިމާލް ބިންމަތީގައި އޮވެ މަރަށް ތެޅެން ފަށައިފިއެވެ.
ހުސްނާ ސާރާގެ ކޮޓަރި ދޮރުގައި ޓަކިޖަހަން ފެށީ އެހެން ދުވަސް ދުވަހު ސާރާ ހޭލާ ވަގުތު ފަހަނައަޅައި ދިޔައީމައެވެ.
"ދަރިފުޅާ ސާރާ ދޮރު ހުޅުވަބަލަ.....މަންމަ އަށް ނިދުނީވެސް ހާދައިރެއް ވަންދެން ދަރިފުޅަށް އިންތިޒާރު ކުރެވުނު ފަހުންނޭ." ދޮރުބުޑުގައި ހުރެ ހުސްނާ ވާހަކަ ދައްކަމުން ދިޔައީ ސާރާ ކޮޓަރިތެރޭ އޮތް ކަމަށް ނިންމައިގެންނެވެ. އަނެއްކާވެސް އޭނާ ދޮރުގައި ތަޅަންފެށީ ދެންވެސް ކޮޓަރިތެރޭން ޚަބަރެއް ނުވީމައެވެ.
"ސާރާ ތަޅުދަނޑި ހިފައިގެން އައިސް މަންމަ ދޮރު ހުޅުވަންވީތަ؟" އެންމެފަހުން ގޮވާގޮވާ އެތެރެއިން ޚަބަރެއް ނުވުމުން ހުސްނާ ރުޅިގަދަވިއެވެ. އޭނާ ދިޔައީ ތަޅުގަނޑި ބަލައެވެ. އެއީ ނާސްތާ ކޮށްގެން އައިސް އިސްމާޢީލް މަނިކު ހުއްޓުނު ވަގުތެވެ.
"ކިހިނެއްވީ؟ އަދިވެސް އެމަންޖެ ނުހޭލަނީތަ؟" އިސްމާޢީލް މަނިކު އެއްސެވެ.
"އާނ، ގޮވާގޮވާ ޚަބަރެއްނުވޭ. މިހާރު މަދުރަސާއަށްދާ ގަޑިވެސް އެއޮއްޖެހެނީ ވިއްޔަ." މިހެން ބުނެފައި ހުސްނާގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާ ކޮޓަރިއަށްވަދެ އިރުކޮޅެއްނުވެ ތަޅުދަނޑިފަތި ހިފައިގެން އައެވެ. އޭރު އިސްމާޢީލް މަނިކުވެސް ދޮރުގައި ތަޅަތަޅާފައި ސާރާއަށް ގޮވަނީއެވެ. ހުސްނާ ތަޅުދަނޑިފަތި އިސްމާޢީލް މަނިކު އަތަށް ދިނެވެ. މަނިކު އިތުރަށް އެއްފަހަރު ސާރާއަށް ގޮވާލުމަށްފަހު ތަޅުވަޅަށް ތަޅުދަނޑި ކޮއްޕާ އަނބުރާލިއެވެ.
ދޮރު ހުޅުވުމާއެކު އިސްމާޢީލް މަނިކާއި ހުސްނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ސާރާ ނިކަން ރީތިކޮށް ބާލީހެއްގައި ބައްދައިގެން ނިދާފައި އޮތެވެ. ހުސްނާ އެތެރެއަށް ވަދެގެން ގޮސް ސާރާ އޮތް އެނދުގެ މަގަތުގައި އިށީނދެ ސާރާއަށް ގޮވަން ފެށިއެވެ. އިސްމާޢީލް މަނިކުވެސް އެތެރެއަށް ވަނެވެ.
"ސާރާ ތެދުވެބަލަ. ތެދުވެ ގަޑިއަށް ބަލައިލަބަލަ." ހުސްނާ ސާރާގެ އަތުގައި ހިފާ ތެދުކުރުވިއެވެ. އެނދުގެ އެއްފަރާތެއްގައި އޮތް ބޯގަންވިލާ މާބޮނޑި އިސްމާޢީލް މަނިކުގެ އަމާޒަށް އެރިއެވެ. މޯޅިއަކަށް ދެމިލުމަށްފަހު ސާރާ ތެދުވީ އެވަގުތުއެވެ.
"ދަރިފުޅު ބަލީތަ؟....މަންމަމެން ރޭގައި ހާދަ ގިނައިރެއް ވަންދެން ދަރިފުޅަށް އިންތިޒާރު ކުރީމޭ." ސާރާގެ ބޮލުގައި ފިރުމާލަމުން ހުސްނާ ބުންޏެވެ. ނަމަވެސް ސާރާ ވާހަކައެއް ނުދައްކައެވެ. އޭނާ ތެދުވެގެން ގޮސް ވަނީ ފާޚާނާއަށެވެ. ހީލަމުން އިސްމާޢީލް މަނިކާއި ހުސްނާ ކޮޓަރިން ނުކުތެވެ. އެމީހުން ހީކުރިއެވެ. ނިދިހަމަނުޖެހޭތީވެ ސާރާ ހުރީ ހިތްހަމަނުޖެހިފައެވެ.
ސާރާ މޫނު ދޮންނަ ތަށި ކައިރިއަށް ގޮސް އިސްކުރު ދޫކޮށް މޫނަށް ފެންބުރުވާލިއެވެ. ރޭގެ ހަނދާންތައް އޭނާގެ ސިކުނޑީގައި ކުރެހިގެން ދިޔައީ އެއާއެކުގައެވެ. ތަށިތެރޭން އޭނާއަށް ސިފަވަނީ އެބިރުވެރި ސިފައިގައި ހުރި އެތި ނިމާލަށް ހަމަލަދޭތަނެވެ. އެއަށްފަހު އެއެތި ހިނިއައިސްފައިހުރެ ސާރާއާ ދިމާއަށް ހަނާ އަޅަނީއެވެ. ދެން އިވުނީ އެއެތީގެ އަޑެވެ.
"ސާރާ....ސާރާ އެހެން މީހަކާ ރައްޓެހިވީއިރު ސާރާއަށް ނޭނގެނީތަ؟ ސާރާތީ އަހަރެންގެ އަންހެނުން ކަމެއް....." އިވުނު އަޑާއެކު ބިރުގެންފައި ހުރި ސާރާއަށް ތެޅިގަނެވުނެވެ.
"ކާކުތީ.....؟ އަހަރެން ބިރުގަނޭ...." ސާރާ ބާރަށް ރޮއިގަތެވެ.
"އަހަންނަކީ އިކްލީލް....ސާރާގެ ފިރިމީހާ......ސާރާގެ ދެކުދިންގެ ބައްޕަ....." ވަރަށް ބިރުވެރި އަޑަކުން އިވުނު މިޖުމްލައާއެކު ފާޚާނާތެރެއަށް ބިރުވެރި ސިފައިގައި އިކްލީލް ފާޅުވެއްޖެއެވެ.
"ބިރުނުގަނޭ ސާރާ.....ބޭނުންވެއްޖެ ހިނދެއްގައި އަހަންނަށް ކޮންމެ ސިފައެއްގައިވެސް ބައްދަލުވެވިދާނެ." ކުރިމަތީ ނާމާން ސިފައެއްގައި ހުރި އިކްލީލުގެ ސިފަ ބަދަލުވިއެވެ. އިންޑިޔާގެ މެޑްރާސްގައި އުޅުނުއިރު އޭނާއަށް ބޯގަންވިލާ މާ ހަދިޔާކުރާ ފިރިހެން ކުއްޖާގެ ސިފައިގައެވެ. ހަމައެއާއެކު ސާރާ ހިތަށް ހީވީ މީހަކު ފިނިފެންއެއްޗެއް އަޅާލިހެންނެވެ. އޭނާގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން ފިލައިގެންދިޔަ ކަހަލައެވެ. މިފަހަރުވެސް އެޒުވާނާގެ އަތުގައި ބޯގަންވިލާ މަލެއް އޮތެވެ. އޭނާ އެމާ ސާރާއާ ދިމާއަށް ދިއްކުރުމާއެކު އިޚްތިޔާރުން ބޭރުގައި ސާރާއަށް އެމަލުގައި ހިފުނެވެ. އޭނާ ފާޚާނާއިން ނިކުންނަން ހިނގައިގަތީ އެމަލަށް ކަޅިހުއްޓައިގެން ހުރެއެވެ. އޭނާގެ ފަހަތުން އިކްލީލު ކަމަށް ބުނާ ޖިންނި (ޒުވާނާގެ ސިފައިގައި ހުރި) ވެސް ފާޚާނާއިން ނުކުތެވެ.
"ސާރާ އަހަރެން ސާރާދެކެ ލޯބިވާ މިންވަރު ސާރާއަށް އިޙްސާސް ނުވާތީތަ އެހެން މީހަކު ޙަޔާތަށް ގެންނަން ތިމަސައްކަތް ކުރަނީ؟" އިކްލީލް އައިސް ސާރާއާ ދާދިގާތަށް ހުއްޓުނެވެ. ސާރާ ބަލައިލީ އިކްލީލުގެ މޫނަށެވެ. މިވަގުތު ފެންނަ ފެނުމުގައި އޭނާ ކިތަންމެ ރީއްޗަސް އިކްލީލުގެ ދެލޮލުގެ ތެރެއިން އޭނާ ބިރުވެރި އިންޒާރެއް ދެމުންދާ ކަހަލަ އިޙްސާސެއް ސާރާއަށް ކުރެވުނެވެ. އިރުކޮޅެއް ވަންދެން އިކްލީލުގެ ލޮލަށް ބަލަން ހުރެފައި ސާރާ ދުއްވައިގަތެވެ.
"ނުދުވޭ ސާރާ ސާރާގެ ބަނޑުގައި އޮތް އަހަރެންގެ ދަރިފުޅަށް ގެއްލުންވާނެ......މަޑުކުރޭ ސާރާ...." އިކްލީލު ވާހަކަ ދެއްކީ ވަރަށް އޯގާތެރި އަޑަކުން އެހާމެ އޯގާތެރި ރާގެއްގައެވެ. ސާރާ ހުއްޓުނެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ބަނޑުގައި އަތް ކާއްތާލެވުނެވެ.
"ދަރިފުޅާ ސާރާ......" މަންމަ ހުސްނާގެ އަޑު އިވުނީ ކޮޓަރި ދޮރުމަތިންނެވެ. ހަމަ އަޑު އިވުމާއެކުހެން ސާރާގެ ކުރިމަތީގައި ހުރި އިކްލީލު ވިދާލި ވިދުވަރެއްހެން ގެއްލިއްޖެއެވެ. ހުސްނާ ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ.
"އަދިވެސް ދަރިފުޅު ތައްޔާރު ނުވަނީ؟ އަވަހަށް ތައްޔާރުވެލާ....އަނެއްކާ......ދަރިފުޅު ބަލީތަ؟" ސާރާ ހުރިގޮތުން ހުސްނާގެ ހިތުގައި ސުވާލު އުފެދުނެވެ. ސާރާ ނޫނެކޭ ބުނީ އެހެން މީހަކު މަޖުބޫރު ކޮށްގެން ބުނާފަދަ ގޮތަކަށެވެ. އޭނާ ސްކޫލަށް ދާން ތައްޔާރުވީވެސް އެފަދަ ޙާލެއްގައެވެ.
އެދުވަހު ކްލާސްތެރޭވެސް އޭނާއަށް ހުރެވުނީ އެޚިޔާލުގައި ގަނޑުވެފައެވެ. ޓީޗަރުން ނަގައިދޭ ފިލާވަޅުތަކަށްވެސް އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުންނަނީ ކެނޑިނޭޅި އެއްދިމާއަކަށެވެ. ސާރާއަށް އައިސްފައިވާ ބަދަލު އެންމެ ފުރަތަމަވެސް ފާހަގަކުރެވުނީ އޭނާގެ އިސްލާމް މުދައްރިސް ޞޯލިޙްއަށެވެ.
"ސާރާ......" ޞޯލިޙު އިރުކޮޅެއް ވަންދެން ސާރާގެ ޙަރަކާތްތަކަށް ބަލަން ހުރެފައި ސާރާއަށް ގޮވާލިއެވެ. ނަމަވެސް ސާރާއަށް އެއަޑު ރޭކާލީހެނެއްވެސް ހިއެއްނުވެއެވެ. އޭނާހުރީ އެހުރިގޮތަށް ގަނޑުވެފައެވެ.
"ސާރާ، ކިހިނެއްވެފައި ތިހުރީ؟ ބަލީތަ؟" މުދައްރިސް އައިސް ސާރާގެ ގާތަށް ހުއްޓުނެވެ. ސާރާއާ މީހަކު ވާހަކަ ދައްކާކަމުގެ އިޙްސާސް އޭނާއަށްވީ ދެނެވެ. އޭނާ ތެޅިގެންފައި މުދައްރިސާ ދިމާއަށް އެނބުރުނެވެ.
********************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 41 އިން 44 ށެވެ.

ކިޔުންތެރިންގެ ހިޔާލު