ރަހީނުކޮށް މަރާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާ މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27) ގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ފުލުހުން ކޮށްފިއެވެ.
މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ޒިހާންގެ މައްޗަށް ޖިންސީ ގޯނާގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތުވެސް ފުލުހުން ކުރެއެވެ. ކުޑަކުއްޖާގެ މަރުގެ މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.
ނަމަވެސް ކޯޓު އަމުރުގެ ބައެއް ބައިތައް އާންމުކޮށްފައިވާއިރު، ގާޒީ އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެން ޒިހާނު ބަންދުކުރުމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެކަށީގެންވާ ވަރަށް ހެކި ލިބިފައިވާ ކަމަށްވެސް ކޯޓުން ވަނީ ބުނެފަ އެވެ.
ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ ރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރު ކުއްޖާގެ ބަންދަށް 15 ދުވަސް އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ރޭ ވަނީ އަމުރު ކޮށްފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް ޗީފް އިންސްޕެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދައި މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މައްސަލައާއި ގުޅިގެން އިތުރަށް ހެކި ހޯދަމުން އަންނަ މިދަނޑިވަޅުގައި އާއްމު ރައްޔިތުންނަށް މި ހާދިސާއާއި ގުޅޭ މައުލޫމާތެއް އެނގޭނަމަ ހިއްސާ ކުރުމަށް އަބްދުﷲ ރަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު