މާމިގިލީ އިންޓަނޭޝަނަލް ޕޯޓް
މާމިގިލީ އިންޓަނޭޝަނަލް ޕޯޓް
އދ. މާމިގިލީ ގައި ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތް ހުއްޓާލައި އެ ޕޯޓު ބަންދު ނުކުރާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި އެވެ.

މާމިގިލީ ޕޯޓް ބަންދު ކުރުމަށް ޕޯޓްސް ލިމިޓެޑުން ނިންމާފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތައް ދޮގުކޮށް އެ ކުންފުނިން ބުނީ، މާމިގިލީ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެތަން ބަންދު ކުރުމަށް ނިންމާފައި ނުވާކަމަށެވެ.

ނަމަވެސް، ޕޯޓުގެ އޮޕަރޭޝަން ސްކޭލް ޑައުން ކުރުމަށް މިހާރު ނިންމާފައިވާ ކަމަށާއި، މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެމްޕީއެލަށް ވަޒީފާއަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ޕޯޓުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މާމިގިލީގައި ހަދާފައިވާ 1300 މީޓަރުގެ ބޮޑު ބަނދަރުން އެމްޕީއެލްއިން ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަނީ 600 މީޓަރުގެ ސަރަހައްދެކެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހު އޮޕަރޭޝަންތައް ފެށި ޕޯޓެކެވެ.

މާމިގިލީ ބަނދަރު ބޭނުންކުރާނީ ރާއްޖެއަށް ގެންނަ ހިލަ އާއި ހިލަވެލި އަދި އެ ސަރަހައްދުގެ ރިސޯޓްތަކަށް ގެންނަ ފިނިކުރި ކާބޯތަކެތި ބާލާ ބަނދަރެއްގެ ގޮތުގައިކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އެމްޕީއެލް އިން މާލޭގެ ކޮމާޝަލް ހާބަރުގެ އިތުރުން ސ. ހިތަދު އާއި ހދ. ކުޅުދުއްފުށީގައި ވެސް ކޮމާޝަލް ހާބަރެއް ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން